ޚަބަރު

ސްޓްލްކޯ ހިޔާ ޕްރޮޖެކްޓަކީ ރައީސް ޔާމީންގެ މަސައްކްތްޕުޅެއް: މޭޔަރ މުއިއްޒު

ސްޓެލްކޯ ހިޔާ ފްލެޓުގެ މަޝްރޫއަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މަސައްކަތްޕުޅެއް ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ސްޓްލްކޯގެ ހިޔާ މަޝްރޫއާއި, މުޅި ހިޔާ ޕްރޮޖެކްޓްގެ ހިމެނޭ އެންމެހާ މަޝްރޫއުތަކަކީ ރައީސް ޔާމީން ތަސައްވުރު ކުރައްވައި, ފައްޓަވައިދެއްވާފައިވާ މަސައްކަތްތައް ކަމަށެވެ. ހަމަ އެހެންމެ މި މަޝްރޫއުތަކަށް ފައިސާ ހޯއްދަވައި, ޑިޒައިން މަސައްކްތައް ނިންމަވައި, މަސައްކަތް ހަވާލުކޮށް ސޮއެކުރެވުނީވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ކަން މޭޔަރގެ މި ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

މޭޔަރ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ހިޔާ މަޝްރޫއުގެ ބައެއް މަސައްކަތްކުގެ ޑިޒައިން ބަދަލުކޮށް, އެއީ މިސަރުކާރުގެ މަސައްކްތްތައް ކަމަށް ދެއްކުމަށް މަސައްކަތްކުރަމުން ދިޔުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. ދާދިފަހުން ހައުސިންގް މިނިސްޓްރީއިން ހިޔާ ޕްރޮޖެކްޓުގެ ބައެއް މަޝްރޫއުގެ ޑިޒައިން ބަދަލުކުރުމަށް މަސައްކްތްކުރަމުންދާކަން ވާނީ ހާމަވެފައެވެ. އަދި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންވެސް ވަނީ އެމޭރުމުން ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޒައާމަތުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ނިންމާ ކޮންމެ މަސައްކަތަކީ މަސަރުކާރުގެ މަސައްކަތް ކަމަށް ދޭހަވަާ އުސޫލުން ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި މަޖްލިސްމެންބަރުން މީގެ ކުރިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާ މަޝްރޫއަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެގޮތުން ހިޔާ ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރެވިގެންދިޔަ ހިޔާ ފްލެޓުގެ ޓަވަރު ތަކަކީ 7,000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކުރެވުނު މިފަދަ އެންމެ ފުރަތަމަ އިމާރާތްތަކެވެ. މީގެ އިތުރުން އެކަނިވެރި މައިންނާއި, ޒުވާނުން އަދި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ޓީޗަރުންނަށް ހާއްސަކޮށްވެސް ހިޔާ ޕްރޮޖެޓުގެ ދަށުން ރައީސް ޔާމީން ވަނީ މަޝްރޫއުތައް އެކުލަވާލައި އެކަމަށް ފައިސާ ހޯއްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button