ޚަބަރު

މަންކީޕޮކްސް އަކީ ހެލްތު އިމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފި

މަންކީޕޮކްސްއަކީ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައިފިއެވެ.

ޑަބްލިއުއެޗްއޯއިން މިގޮތަށް ކަނޑައަޅާފައިވާކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މަންކީޕޮކްސް އަކީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއް ކަމަށް ކަނޑައެޅީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވި ކަމާއެކު ބަލި ފެތުރެމުންދާތީއެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުމެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، މިދިޔަ ހަފްތާގައި އެކަނިވެސް އިތުރު 6 ގައުމަކުން މަންކީޕޮކްސް އަލަށް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަންކީޕޮކްސްބަލި ޖެހުނު މީހުންގެ އަދަދު ސާދަހާހުން މައްޗަށް ދިޔައިރު، މިބަލި މިހާރުވަނީ ޑަބްލިޔުއެޗްއޯގެ މެމްބަރު 71 ގައުމުން ފެނިފައެވެ. ދުނިޔޭގެ ހުރިހާ ރީޖަންތަކުން މިބަލި މިހާރުވަނީ ފެނިފައެވެ.

މަންކީޕޮކްސް އިންސާނެއްގެ ހަށިގަނޑުން އެންމެ ފުރަތަމަ ފެނިފައިވަނީ 1970 ވަނަ އަހަރުއެވެ. މަންކީޕޮކްސްގެ ނަމުން އެ ވައިރަހަށް ނަން ދިނީ އެ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ދިރާސާއަކަށް ބޭނުންކުރި ރާމާމަކުނުތަކެއްގެ ގައިން ކަމަށްވާތީއެެވެ.

މަންކީޕޮކްސް ބަލި ޖެހެނީ، ބަލި މީހަކާ ގާތްވެ، ގިނައިރު ކޮންޓްކެޓު ވުމުންނެވެ. އެ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުމުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ނޭވާލުމުގެ ޒަރީއާއިން އެހެން މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މި ބަލި ޖެހޭ ފުރަތަމަ ފަސް ދުވަހު ހުން އައުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި ކަރުގަޔާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުމާއެކު ގައިގައި ރިއްސާނެއެވެ. އާންމު ގޮތެއްގައި ބަލީގެ އަލާމާތްތައް ދެ ހަފުތާއާއި ހަތަރު ހަފުތާއަށް ދެމިގެންދެއެވެ.

ގްލޯބަލް ހެލްތު އިމަޖެންސީއަކީ ޑަބްލިޔުއެޗްއޯގެ އެންމެމަތީ އެލަޓް ލެވެލްއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button