ޚަބަރު
މިނިވަން ދުވަހާ ގުޅިގެން އަންނަ ހަފްތާގެ ތިން ދުވަހު ސަރުކާރު ބަންދު

މިނިވަން ދުވަހާއި ގުޅިގެން އަންނަ ހަފްތާގެ 3 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން ހާމަ ކުރިގޮތުގައި މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ.
އެހެންކަމުން، މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެވެ.
އަދި ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުނުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.