ޚަބަރުސިޔާސީ

ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ހައްގުގައި އިދިކޮޅުން ނިކުންނަނީ

ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ހައްގުގައި އިދިކޮޅުން ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އިއްޔެ ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ހަރަކާތު ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި، މި ހަރަކާތް ފެށިގެންދާނީ މިރޭ 08:30 ގައި ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޔޯގާ ހަރަކާތާއި ގުޅިގެން ބަންދުގައިވާ އެންމެހާ ފަރާތްތައް މިނިވަންކުރުމަށް ގޮވާލުމާއި، ލީކުވެފައިވާ، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ގުޅިގެން އެކަމާ ގުޅޭ ފަރާތްތަށް ހައްޔަރުކުރުމަށް ގޮވާލުން ކަމަށް އިދިކޮޅުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ހަރަކާތަކީ ގައުމުގެ ހަމަޖެހުން ނަގާލައި، ދާހިލީ މަސްލަހަތަށް ބުރޫއަރުވަލުމަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި، މިއީ ގައުމުގެ ހާލަތާއިމެދު އިދިކޮޅުން ކަންބޮޑުވާތީއާއި، އަދި ރައްޔިތުންގެ ފަރާތުން އެކަމަށް އެދެމުންދާތީ ރާވާ ހިންގާ ހަރަކާތެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދަނީ ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރު ކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، ސިލްސިލާކޮށް އިހްތިޖާޖުކުރަމުންނެވެ. ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ސެނެޓަރ މުޙަންމަދު އިސްމާއިލްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

2 Comments

  1. ނުކުމޭ ކަލޯމެއްގެ މަގާމުތައް ގެއްލުނީ ވެރިކަމާގެން ތެޅި މަރުވަނީ މިފަހަރު އިންޑިޔާ އައުޓު ރިޔާސީ ކެމްޕެއިން ނެތް ނޫން ސުރިލަންކާ އައުޓު ރިޔާސީ ކެމްޕެއިން ޖައްސާ

  2. އެއީ އިލްމްވެރިން ހެއްޔެވެ؟ އެއީ ފައްކާ ދެ ޚަވާރިޖުންނެވެ. ފެށުނީއްސުރެންްނެވެ. ފަތަުރަނީވެސް އެފިކުރެވެ. މި ގައުމު މިފަދަ މިހުންގެ ކިބައިން ﷲ ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button