ޚަބަރު

މިއީ މިނިވަން ގައުމެއް ކަމަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލެއް ނުކުރޭ: ޒަމީލް

ދިވެހި ގައުމަކީ މިހާރު މިނިވަން ގައުމެއް ކަމަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލު ނުކުރާ ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު އިބްރާހިމް ޒަމީލް (ޒަމްޕެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ”މިނިވަންކުރޭ“ އިހްތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ޒަމީލް ވިދާޅުވީ މިއަދު މިގައުމުގައި ފާހިޝް އަމަލުތަކާއި މުންކަރާތް އާންމުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމިއްލަ ކޮންޓްރޯލް ގެއްލި އެހެން ގައުމެއްގެ އަށްދަށަށް ގައުމުގެ އެންމެހައި ކަންކަން ގޮސްފައިވާ ކަމަށެވެ.

ޒަމީލް ވިދާޅުވީ މިކަންކަމަކީ މިއަދު ފެންނަން ހުރި ހަގީގަތް ކަމަށާއި, ދިވެހި ގައުމަކީ މިނިވަން ގައުމެއް ކަމަށް އެއްވެސް ދިވެހި ރައްޔިތަކު މިއަދު ގަބޫލު ނުކުރާ ކަމަށެވެ. އަދި މިކަން މިހެން އޮތްހާ ހިނަދަކު މިގައުމުގައި އަދުލް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މި އިހްތިޖާޖު ރޫޅައިލުމަށް އާދަޔާހިލާފަށް ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ޝީލްޑާއެކު ހަރަކާތްތެރިވަމުންދާ އެސްއޯ ފުލުހުންގެ ސޮކޮޑުން ދަނީ އިރުއިރުކޮޅުން ބެރިކޭޑުތެރެއަށް ޗާރޖުކޮށް އިހްތިޖާޖުގެ ބައިވެރިންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހަމުންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ޔޯގާ ހައްޔަރީން ދޫކޮށްލުމަށާއި, ލިވާތު ވީޑިއޯތަކާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށެވެ.

2 Comments

  1. ކޮންމެސް ބޯހަމަޖެހޭ ވާހަކައެއް ނުދައްކާތި.. ނެތީތަ މުޒާހަރާ ކަވަރުކޮއްލާނެ ހަމަޖެހޭ ވަރުގެ މީހެއް.. އަނެއްކޮޅުން މި ނޫހުން ނޫނީ މިކަހަލަ ތާކުންތާކުން ނުޖެހޭވާހަކަ ޙަބަރެއްގެ ސިފާގަ ގެނެސްދޭ ބައެއް ނޫޅޭނެ…
    މިނިވަންކަން މިހާރު އޮތްވަރު އިގިގެން ތިދިޔައީ ތިހެންބުނަން ކެރުންވެސް.. މީ ޔާމިނު ވެރިކަންނަމަ ތިފަކީރު ދެން ނުފެންނާނެ….

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button