ޚަބަރު

އިދިކޮޅުގެ އިހްތިޖާޖުގައި ބޭނުންކުރަމުންދިޔަ ސްޓޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސި

އިދިކޮޅު އިހްތިޖާޖުގައި ބޭނުންކުރަމުންދިޔަ ސްޓޭޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރިއަށްގެންދާ ”މިނިވަންކުރޭ“ އިހްތިޖާޖު ފަށާފައިވަނީ އެސަރަހައްދުގައި ސްޓޭޖެއް ބެހެއްޓުމަށްފަހު, ދެޕާޓީގެ ލީޑަރުންނާއި މުޒާހަރާގެ ބައިވެރިންނަށް ޝުއޫރުފާޅުކުރެވޭ ގޮތަށެވެ. އެހެން ނަމަވެސް އެސަރަހައްދަށް ހާޒިރުވެތިބި އެސްއޯ ފުލުހުންގެ ޓީމުން ވަނީ ސްޓޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިހްތިޖާޖުގެ ބައިވެރިންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ.

އިހްތިޖާޖުގެ ބައިވެރިން މިހާރު ދަނީ ސްޓޭޖުގެ ބަދަލުގައި އެސަރަހައްދަށް ގޮންޑިއެއް ނެރެ, ގޮނޑި މަތީގައި ޝުއޫރުފާޅުކުރުން ކުރިއަށް ގެންދަމުންނެވެ. އިހްތިޖާޖުގެ ބައިވެރިން ގޮވާލަމުންދަނީ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތްތައް ދޫކޮށްލުމަށާއި, ލިވާތު ވިޑިއޯ ތަކާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިރޭގެ އިހްތިޖާޖު ރޫޅާލުމަށް އަދާޔާ ހިލާފަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ އެސަރަހައްދަށް ހާޒިރުވެފައެވެ. އަދި ފުލުހުން ދަނީ އިރުއިރުކޮޅުން ޝީލްޑާއެކު ބެރިކޭޑުތެރެއަށް ވަދެ އިހްތިޖާޖުގެ ބައިވެރިންނާ ދިމާލަށް ޗާރޖުކޮށް ޕެޕަރ ސްޕްރޭ ޖަހަމުންނެވެ. މި އިހްތިޖާޖުގެ ތެރެއިން މިހާތަނަށް އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button