ޚަބަރު

ޕީޕީއެމް މުޒާހަރާ ހުއްޓުވާލުމަށް ގިނަ އަދަދެއްގެ ފުލުހުން، އެކަކު ހައްޔަރުކޮށްފި

ޕީޕީއެމް އޮފީސް ކުރިމަތީގައި މިހާރު ކުރިއަށްދާ “މިނިވަންކުރޭ” އިހްތިޖާޖު ހުއްޓުވާލުމަށް ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެގޮތުން ކެޕިޓަލް ފުލުހުންގެ އިތުރުން ޝީލްޑާއެކު އެސްއޯ ފުލުހުންގެ ސްކޮޑެއް ދަނީ ޕީޕީއެމް އޮފީސް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އިހްތިޖާޖުގެ ތެރެއިން 1 ބައިވެރިއަކު ހައްޔަރުކޮށްފައިވާއިރު، ގިނަ ބައެއްގެ މޫނަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މި އިހްތިޖާޖަކީ ޔޯގަ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިދިޔަ ހަފްތާވެސް ޕީޕީއެމް ޕީއެންސީއިން ވަނީ މި އިހްތިޖާކު ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މިރޭގެ އިހްތިޖާޖު ރޫޅާލުމަށް އާދަޔާ ހިލާފު ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button