މެންބަރު ސެމްބެ ސަރުކާރަށް: އަޒާން އެއް ތިގޮތަކަށް ނުހުއްޓުވޭނެ

”ދިޔަރެސް“ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާން އަކީ ހިތްވަރުގަދަ ނޫސްވެރިއެއް ކަމަށާއި، އޭނާ ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް(ސެމްބެ) ސަރުކާރަށް ރައްދު ދެއްވައިފިއެވެ.
އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވި ކަމުގެ ތުހުމަތުގައި ސުވާލު ކުރުމަށް މިއަދު އަޒާން ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން ސެމްބެ ވިދާޅުވީ އަޒާން އަކީ ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަތައް ރައްޔިތުންނާއި ހަމަޔަށް ތިލަކޮށް މިނިވަން ނޫސްވެރިކަން ކުރާ ގަދަ ބަދަވި ހިތްވަރުގަދަ ނޫސްވެރިއެއް ކަމަށެވެ.އަދި މިގޮތަށް އަޒާން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ސެމްބެ ވަނީ ސަރުކާރަށް ރައްދު ދެއްވާފައެވެ.
@axanner akee gadha badhavi sarukaaruge corruption vaahaka thah Rayyithun ah thilakoh, minivan noosverikan kuran masakkaiy kuri hihvarugadha noos veri eh. Eyna eh thihothakah nuhuttuveyne.💪🏽 pic.twitter.com/4vGXZ4erZ0
— Hussain Mohamed Latheef (@HucenSembe) July 21, 2022
އައިޖީއެމް ހޮސްޕިޓަލްގެ އިހުމާލުން އެ ހޮސްޕިޓަލްގެ ޑާޓާ ބޭސްގައިވާ އެތައް ބައެއްގެ ސިއްހީ މައުލޫމާތުތައް ލީކުވުމާއި ގުޅިގެން އެ މައްސަލަ އައިޖީ އެމްއެޗާއި އަދި ކަމާއި ގުޅުންހުރި އިދާރާތަކަށް ރިޕޯޓް ކުރުމަށްފަހު އެކަމަކީ އައިޖީއެމްއެޗް ގެ އިހުމާލުން ހިނގިކަމެއް ކަމަށް ”ދިޔަރެސް“ ނޫހުން ރިޕޯޓް ކުރުމާއި ގުޅިިގެން ފުލުހުންގެ ތުހުމަތުތައް އަމާޒުވީ މައްސަލަ ރިޕޯޓުކުރި ނޫސްވެރިޔާ އަޒާން އަށެވެ.
އަދި މިކަމާއި ގުޅިގެން އަޒާންގެ މައްޗަށް ޖިނާއީ ތަހުގީގު ފެށުމާއިއެކު ނޫސްވެރިންނާއި އެތައް އާންމު ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަމުންނެވެ.
ތިބުނާ މީހަކު ނޫސްވެރިކަން މިނިވަންކަމާއެކު ހަމަ ކުރަންވީ.. ޔާމިނު ވެރިކަމުގަ ނޫސްވެރިންނައް އޮތް ބިރުވެރިކަން ފިލާގޮސްފިކަން އިނގޭނެ މި ނޫހުގެ ޙަބަރުތަކައް ބަލާލީމަ.. ނޫސްވެރިޔަކަސް ކުށެއް ކޮއްފިނަމަ، ނޫނީ ތުހުމަތު ކުރެވިއްޖެނަމަ އެމައްސަލަބަލާ ފަރާތުން އެކަމާއި ސުވާލު ކުރުމައް ހާޒިރު ކުރުން އެއީ ނޫސްވެރިކަމާ ކޮންގުޅުމެއް އޮތް ކަމެއްތޯ.. މި ބޮންތި ނޫސް ނޫނީއްޔާ %100 ސިޔާސީ ނޫހެއް ނޯންނާނެ.. ދުނިޔެވީ ކަމެއް ރާއްޖޭގަ ހިނގާ ސިޔާސީ ކަމެއް ފިޔަވާ އެހެން އެއްވެސް ހަބަރެއް ގެނެސްދޭ ބަޔެއްނޫންމީ.. ޔާމިނު 2023 ކިޔަންވީ މި ނޫހައް….
ދިޔަރެސް” ނޫހުން ރިޕޯޓް ކުރުމާއި ގުޅިިގެން ފުލުހުންގެ ތުހުމަތުތައް އަމާޒުވީ މައްސަލަ ރިޕޯޓުކުރި ނޫސްވެރިޔާ އަޒާން އަށެވެ.
މިކަމާއި ގުޅިގެން
Aanmun dhanee ufaa faalhukuramun
ސެންބެ ރައީސްޔާމީން ކަހަލަ ބެއިފުޅަކު ރައީސް ކަމުގައި ހުންނެވި ނަމަސެންބޭވެސް ހުއްޓުވީސް އަދިއަޒާނު ވެސް ެެ
ހުއްޓުވާކަށް ފަހެއް ނުޖެހޭނެ