ޚަބަރު

އަޅުގަނޑުގެ މައްޗަށް ކުރަނީ އޭސީޕީ ރިޔާޒް އުފައްދާފައިވާ ދައުވާތަކެއް: އަޒާން

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަޒާންގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފިއެވެ.

އަޒާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަށް ދޮގުކުރާ ކަމަށާއި, އޭނާގެ މައްޗަށް އުފުލުމަށް މަސައްކަތްކުރާ ދަޢުވާތަކަކީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް އުފައްދާފައިވާ ދަޢުވާތަކެއްކަމަށެވެ. އަދި މިއަދު ފުލުހަށް ހާޒިރުކުރެވުނު ވަގުތު އެކަން އިންވެސްޓިގޭޝަން އޮފިސަރަށް އަންގާފައިވާނެކަމަށް އަޒާން ބުންޏެވެ.

ފުލުހުން އަޒާންގެ މައްޗަށް ކުރާ ތުހުމަތަކީ, އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވެ, އެ މައުލޫމާތު ލީކޮށްލުމެވެ.

މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އަޒާން ފުލުހަށް ހާޒިރުކުރެވުނީ މިއަދު މެންދުރު 15:00 ގައެވެ. އަޒާން ފުލުހަށް ހާޒިރުކުރެވުނު ވަގުތު ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމު ރައްޔިތުންވަނީ އޭނާއަށް ހިތްވަރު ދިނުމަށް އެސަރަހައްދަށް އެއްވެފައެވެ.

މީގެ އިތުރުން އަޒާން ފުލުސް އޮފީހުން ނުކުތް ވަގުތު ފުލުހުންގެ ކާރެއް ވަނީ އޭނާގެ ގައިގައި ޖައްސާފައެވެ. މިކަމާ ގުޅިގެން އަޒާންވަނީ އެކާރުގައި ތިބި ބައެއްގެ މައުލޫމާތު އިނގޭ ފަރާތަކުން އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

 

One Comment

  1. ރޯމާ ދުވާލު މިކަހަލަ ނުލަފާ ކަންތައް ކުރާއިރު އަދިވެސް އިބޫ ސާލިހު ބުނާނެ ރައްޔިތުންނަށް ހެޔޮ ވެރިކަމެކޭ ކޮށްދެނީ . ކުށް ބޮލުގަ ނޭޅުވުނީމަ ޖިސްމާނީ ގޮތުން އަނިޔާ ދިނުން . ވެރިކަމުގަ ތިބީ ހިޓްލަރ ގްރޫޕް މީހުންތޯ ވެސް ސުވާލު އުފެދެން ފަށައިފި

Leave a Reply to ސަންފަ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button