ޚަބަރުސިޔާސީ

އިސްލާމްދީން ނޫންް ދީންތަކަށް އުޅުމުގެ މިނިވަންކަން ދޭންޖެހޭކަމަށް ރައީސް ވިދާޅުވާކަހަލަ

އިސްލާމްދީން ނޫންް ދީންތަކަށް އުޅުމުގެ މިނިވަންކަން ދޭންޖެހޭކަމަށް ރައީސް ވިދާޅުވާހެން ހީފުޅުވާ ކަމުގައި ޖަމްއިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު (ބިން ޖަނާބު) ވިދާޅުވެއްޖެއެވެ.

ޝެއިޚް އަބްދުﷲ މިފަދައިން ވިދާޅުވީ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި، އެ މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ، އުފާވެރި، ފާގަތި، މިނިވަން ރާއްޖެއެއް ނުލިބޭނެކަން ހާމަކުރެއްވުމާގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝެއިޚް އަބްދުﷲ ވިދާޅުވިގޮތުގައި ރައީސް ސޯލިހު ވިދާޅުވި ބަސްފުޅަކީ އެކަމާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.

ރައީސް ސޯލިހުގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަކީވެސް މިނިވަން ފިކުރުގެ ވާހަކަފުޅު ވަރަށް ގިނައިން ދައްކަވާ ބޭފުޅެކެވެ. އާންމުން އެކަން ސިފަކުރަނީ ބޭނުންހައި ގޮތަކަށް އުޅެވެންޖެހޭ ކަން އެހެން މާނައެއްގައި އެމްޑީޕީން ދެއްކުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button