މެންބަރު ނިހާދު އަޒާންގެ މައްޗަށް ހުކުމް ކޮށްފި

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގް ޖިނާއީ ކުށެއްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖްލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެންބަރު ނިހާދު އަޒާނަށް ނިސްބަތްކޮށް ކުރެއްވި ޓްވީޓެއްގައި ވަނީ އަޒާނަކީ ނޫސްވެރިއެކޭ ކިޔައިގެން ހުރެ, ޖިނާއީ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ކަމެއް ކޮށްފައި ބޭނުންހައި ގޮތަކަށް އުޅެވެންޖެހޭތޯ ސުވާލުކުރައްވާފައިވެއެވެ.
ނިހާދު މިފަދައިން ވިދާޅުވެފައިވާއިރު މި މައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޒާން ފުލުހަށް ހާޒިރުކުރަނީ އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވެފައިވާ މައްސަލައަކާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ.
Noosveri Ekey kiyaafa jinaaiee kuh kuramun beynun haa gothakah ulheven Jehey tha? 🤭
— Feydhoo Meehaa (Mohamed Nihad) (@nihad_m) July 21, 2022
އެގޮތުން މިއަދު އަޒާން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު, ތުހުމަތު ކުރެވޭ މައްސަލައިގައި އަޒާން ބުނެފައިވަނީ އެމައްސަލަ ފާހަގަވުމާއެކު އައިޖީއެމް ހޮސްޕިޓަލްގެ އައިޓީ ޑިޕާޓްމެންޓަށް ރިޕޯޓުކުރި ކަމަށާއި, އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ލީކުކޮށްލާފައި ނުވާނެ ކަމަށެވެ.
ތަހުގީގުކުރެވެމުންދާ މައްސަލައެއްގައި, މެންބަރު ނިހާދު އަޒާންގެ ބޮލުގައި އެފަދަ ބަދުނާމެއް އަޅުވާފައިވަނީ ކޮން ހަމައަކުން ނުވަތަ ކޮން އުސޫލަކުންކަމެއް އެބޭފުޅާގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް މެންބަރާއި ގުޅުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މިއަދު އަޒާން ފުލުހަށް ހާޒިރުކުރެވުނު ވަގުތު ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމު ރައްޔިތުންވަނީ އޭނާއަށް ހިތްވަރު ދިނުމަށް އެސަރަހައްދަށް އެއްވެފައެވެ. އަދި އެއްވުމުގެ ބައިވެރިން ވަނީ ނޫސްވެރިންގެ ހައްގުގައި އަޑުއުފުލައި, ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.
ޕީ،ޕީ،އެމް ބޮންތިން ނޫސްވެރިންނޭ ކިޔައިގެން އެއްޗެއް ބުނަން ކޮބާ ލަދު ހަޔާތް… ނޫސަވެރިޔަކަސް މެންބަރަކަސް ޖިނާއީ ކުށެއްގެ ތުހުމަތެއް ކޮއް ފުލުހުން އެމައްސަލައެއް ބަލަމުންދާއިރު ހާޒިރު ކުރުމަކީ ނޫސްވެރިކަމާ ކޮން ގުޅުމެއް އޮތްކަމެއް.. ނޫސްވެރިއެއް ރޭޕް ކޭސްއެއްގެ ތުހުމަތައް ހާޒިރު ކުރީމަ އެއީ ނޫސްވެރިކަމާއި ކޮންކަމެއް.. މިނޫހުން ސުރުޙީ ޖަހާލަނީ ފިތުނަ ފަސާދަ އުފެދޭގޮތައް ބަލާފަ.. ޖަހާބަލަ ޔާމިނު ވެރިކަމުގަ ތާރީހުގަ އެންމެގިނަ އަނިޔާދިނީ ނޫސްވެރިންނައް ކެރެންޔާ…. ފިތުނަ ނޫސް މީ…