ޚަބަރު

ނޫސްވެރިޔާ އަޒާންގެ ގައިގައި ފުލުހުންގެ ކާރަކުން ޖައްސައިފި

ނޫސްވެރިޔާ އަހްމަދް އަޒާން މަރްޒޫގުގެ ގައިގައި ފުލުހުންގެ ކާރަކުން ޖައްސައިފިއެވެ.

އަޒާން ގައިގައި ކާރު ޖައްސާފައިވަނީ މިއަދު މެންދުރު, އޭނާއާއި ދެކޮޅަށް އުފުލާފައިވާ ޖިނާއީ ތުހުމަތެއްގައި ސުވާލުކުރުމަށް ފުލުހަށް ހާޒިރުކުރުމަށްފަހު, ޝާހީދް ހުސައިން އާދަމް ބިލްޑިންގުން ނުކުތް ވަގުތުއެވެ.

އެވަގުތު އަޒާނަށް ހިތްވަރު ދިނުމަށާއި, ނޫސްވެރިންގެ ހައްގުގައި އަޑުއުފުލުމަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމު ރައްޔިތުން އެސަރަހައްދަށް އެއްވެ ތިއްބެވެ. އަދި އަޒާން ގައިގައި ކާރުން ޖެއްސުމުން އެއްވެ ތިބި މިހުން ވަނީ ކާރު ކުއްޓުވާފައެވެ.

އަޒާން ވަނީ ޓްވިޓާ މެދުވެރިކޮށް އޭނާގެ ގައިގައި ފުލުހުންގެ ކާރަކުން ޖެއްސިކަން ކަށަވަރުކޮށްދީފައެވެ. އަދި އެކާރުގައި ތިބި ބަޔަކު އެނގޭނަމަ އޭނާއަށް އެ މައުލޫމާތު ދިނުމަށް ވަނީ އެދިފައެވެ.

އަޒާން ފުލުހަށް ހާޒިރުކުރެވުނީ އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވެފައިވާ މައްސަލައަކާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button