ޚަބަރުސިޔާސީ

މެމްބަރު އީސަ ހައްޔަރު ކުރެވޭނެ ގޮތެއް ނުވި!

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފިއެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި އީސަގެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރީ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި ނިމުމާއި، ދައުވާ ކުރުމާއި މެދު ގޮތެއް ނިންމަން ފުލުހުން ޕީޖީއަށް ފޮނުވުމާއި، އެކަމާއިމެދު އަވަހަށް ގޮތެއް ނިންމޭނެ މައްސަލައަކަށް ވުމެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމުމާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރަސަތު ކުޑަވުމެވެ. އަދި އަނިޔާ ލިބިފައިވާ ކަމަށް ބުނާ ފަރާތުގެ ރައްކާތެރިކަން ކަށަވަރު ވުމަކީ ތިންވަނަ ސަބަބެއްގެ ގޮތުގައި އެ އޮފީހުން ފާހަގަކުރިއެވެ.

އީސަ އަނިޔާކުރިކަމަށް ފުލުހުންނަށް ބަޔާން ދީފައިވަނީ އޭނާގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލަ ނަސީމްގެ ކޮށްކޮއެވެ. އީސަގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން އެމައްސަލައިގެ ތަހުގީގު ނިމެންދެން އެމްޑީޕީގައި އޭނާ އަދާ ކުރައްވާ މަގާމުތަކުން ވަނީ  ސަސްޕެންޑްކޮށްފައެވެ. އެހެން ނަމަވެސް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުންތަކުގައި އީސަ ބައިވެރިވެވަޑައިގަންނަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button