2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.328 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތިލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ވައިގެމަގުން އިތިއޯޕިއާއިން ރާއްޖެއައި 02 މީހެއްގެ އެތެރެހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 2.328 ކިލޯ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
އުމުރުން 41 އަހަރުގެ އިނގިރޭސިވިލާތުގެ މި ދެ ފިރިހެނުންނަކީ ޖޫން މަހު 28 ވަނަ ދުވަހު ރާއްޖެ އައި މީހުން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. ދެ މީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްއިން ވަނީ މި ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭންކޮށްފައި ކަމަށާއި މި ފަސިންޖަރުންގެ އެތެރެހަށިން ”ފޮރިން ބޮޑީސް“ ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އެތެރެހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 2.328 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.@AbdullaSh4reef @MariyaDidi pic.twitter.com/bqDJ4OCxa8
— Maldives Customs (@CustomsMv) July 21, 2022
އެ އިދާރާއިން ބުނީ ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ “ކޮކެއިން” ކަމަށް ޝައްކުކުރެވޭ ބާވަތެއްކަމަށެވެ. މިދެމީހުން ގެ ހަށިގަޑުން ޖުމްލަ 220 ބުލެޓް ނަގާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެއެވެ