ޚަބަރުސިޔާސީ

މާފަންނު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޑރ.ރަޝްމީ ވާދަކުރައްވަނީ

މާފަންނު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޑރ. ފާތިމަތު ރަޝްމީ، މ.ކުރުވަނި ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ޑރ. ފާތިމަތު ރަޝްމީއަކީ ޗައިނާއިން މެޑިކަލް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމީ ހަޔާތަށް ފަހު ޑރ.ރަޝްމީ ފުރަތަމަ މަސައްކަތް ކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައެވެ.

މިހާރު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވަމުން، އެ ބޮޑު ޒިންމާއާއެކު ވެސް ޑރ. ރަޝްމީ އަކީ މުޖުތަމައަށް އެހެނިހެން ގޮތްގޮތުން ހިދުމަތް ކޮށްދެއްވަމުން ދުރަށްޖެހިވަޑައި ނުގެން ކެނޑިނޭޅި މަސައްކަތް ކުރާ ޒުވާނެކެވެ.

ޑރ ރަޝްމީ ހާއްސަވަނީ ހަމައެކަނި ޑޮކްޓަރީ ފަރުވާއަކަށް ނޫނެވެ. ސިއްހީ ދިރާސާގެ އިލްމު ލިބިވަޑައިގެން ހުންނެވި ޑރ ރަޝްމީ ވަނީ މި ދާއިރާއިން ވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް19ގެ ބަލިމަޑު ކަމާ ގުޅިގެން ހެއްދެވި ދިރާސާއަކީ އޭގެ މިސާލެކެވެ.

އެސޯސިއޭޝަން ފޮރ ސޯޝަލް ޑިވެލޮޕްމެންޓް އެންޑް އެއިޑް(އޭއެސްޑީއޭ)ގައި ކުރައްވާފައިވާ މަސައްކަތްތަކުން އެކަނި ވެސް ޑރ ރަޝްމީ މުޖުތަމައުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެއެވެ. މުޖުތަމައުއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާ ގުޅޭ ޕްރޮގްރާމްތަކުން ފެށިގެން ގޮސް އަންހެނުން ބާރުވެރި ކުރުވުމާއި، ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުމާއި، ޒުވާނުންނަށް ހާއްސަ ކުޅިވަރު ޕްރޮގްރާމްތައް އަމިއްލައަށް އިސްނަގައިގެން ވަނީ ބާއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button