ޚަބަރުސިޔާސީ

ޝެއިހް އިމްރާނަކީ އަބަދުވެސް ދީން ވިއްކައިގެން އޭގެ ނާޖާއިޒް ފައިދާ ނަގާ މީހެއް: މާއިލް

ހޯމް މިނިސްޓަރ އިމްރާން އަކީ އަބަދުވެސް ދީން ވިއްކައިގެން އޭގެ ނާޖާއިޒް ފައިދާ ނަގާ ބޭފުޅެއްކަން ދިވެހިންނަށް އެނގޭކަމަށް ޕީޕީއެމްގެ ސެނެޓަރ ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް ކުރެއްވި ޓްވީތެއްގައި މިނިސްޓަރ އިމްރާން ފަހަކަށް އައިސް ކުރައްވަމުން ގެންދަވާ ޓްވީޓުތަކާއި ގުޅިގެން ވިދާޅުވީ, 2023 ގާތް ވެއްޖެކަން ޔަގީން ވެއްޖެކަމަށެވެ. އަދި ހޯމް މިނިސްޓަރުކަމުގެ މަތިވެރި ޒިންމާ ނަގައިގެން ހުންނެވި ބޭފުޅާ މިއަދު ދައްކާ ވާހަކައިގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށެވެ.

މާއިލް އިތުރަށް ވިދާޅުވީ މިނިސްޓަރ އިމްރާން ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވޭނެ ކަންކަން ނުކުރުމުގެ ސަބަބުން ހިންދުތްވާގެ ވިޔާނުދާ އަމަލު ހިންގަން ނުކުތް މީހުން ތިބީ ޖަލުގައި ކަމަށެވެ. އަދި އެކަމުގައި ބައިވެރިވެސް ނުވާ މީހުން ފްރޭމްކޮށް ޖަލަށް ލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މީހުން އެކި ރަށްރަށުގައި އީދުކުޅިވަރު ކުޅެ, ހިތްހަމަޖެހުމުގައި އެކި ކަންކަމުގައި އުޅެމުންދާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ފާޙަގަކޮށްލެވޭ ގޮތުގައި މާއިލް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރެއިން އެއްޖިންސުން ގުޅުންހިންގި ކަމުގެ މައްސަލައިގައި, އެކަމަށް އަމިއްލައަށް އެއްބަސްވި ބައެއް ފަރާތްތަކާއިމެދު ފުލުހުން ތަހުގީގެއްހާހިސާބުވެސް ކުރަން ފަށާފައި ނުވެއެވެ. އަދި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި އަލްމގިރީގެ މައްޗަށްވެސް ފުލުހުން ކުރާ ހަމައެކި ތުހުމަތަކީ ބްލެކްމެއިލްކޮށް ބިރުދެއްކުންކަން ދާދިފަހުން ވަނީ ހާމަވެފައެވެ.

3 Comments

  1. ޑްރަގްވިއްކާ ގްރޫޕްތަކުން ވަރަށް ގިނަވާހަކަ ދައްކާނެ!
    އެއީއާކަމެއް ނޫ އަދިވަރަށް ސްމާޓްވާ ނެ ޑީލަރުން ޑްރގްގެވެރިން!

Leave a Reply to ލަވަ އަލީ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button