ޚަބަރުސިޔާސީ

ދިއްފުށީގައި އޮންނަނީ މެންބަރު ނަސީމްގެ ރަންނަމާރި އުސޫލުތޯ؟ ސައުދު ހުސައިން

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ނަސީމު ކ. ދިއްފުށީގައި އޮންނަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ ”ރަންނަމާރު އުސޫލު“ ތޯ ސުވާލުއުފައްދަވައި, ދިއްފުށީގައި ހިންގަދިޔަ މާރާމާރީއާއިމެދު ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވައިފިއެވެ.

މެންބަރު ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ, ތުހުމަތެއް ކުރެވުމުން އެކަމަށް އޮތް ގާނުނީ ހަމަތައް ނަގާލައި, ޖަންގަލީގެ އުސޫލުން އިންސާނަކު މަރާ ކަތިލަން ދޫކޮށްލުމަކީ ދިއްފުށީގެ ރައްޔިތުންނާއި ފުލުހުންގެ ވިސްނުންތޯ ސުވާލު ކުރައްވާފައެވެ. އަދި ސައުދު ވަނީ ދިއްފުށީގައި އޮންނަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ ”ރަންނަމާރު އުސޫލު“ ތޯވެސް ސުވާލުއުފައްދަވާފައެވެ.

މެންބަރު ސައުދު މިފަދައިން ވިދާޅުވެފައިވަނީ, ދާދިފަހުން ދިއްފުށީގައި, ކުޑަކުއްޖަކަށް ޖިންސީ ގޯނާޚުރި ކަމުގެ ތުހުމަތުކޮށް ގއ. ވިލިނގިލީ ޝިހާމް ޝަމްއޫން ނަމަކަށް ކިޔާ ޒުވާނެއްގައިގައި ތަޅާ އަނިޔާކޮށް, މާރާމާރީ ހިންގާ އެނާއައަށް ވަރަށް ބޮޑަށް އަނިޔާކުރުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން ފަރުވާހޯދުމަށް އައިޖީއެމް ހޮސްޕިޓަލުގައި އޮވެ ޝިހާމް ބުނެފައިވަނީ, އޭނާ އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި, ދިއްފުސީގެ ރައްޔިތުން އޭނާގެ ބޮލުގައި އަޅުވަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެރޭ އެތަނަށް ހާޒިރުވި ފުލުހުންވެސް އޭނާއަށް އިންޒާރުދީފައިވާ ކަމަށާއި, ”ހޭއަރުވާލާނެ“ ކަމަށް ބުނި ކަމަށް ކިޔައިދީފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އެރޭ އެތަނަށް ހާޒިރުވި ފުލުހުން އަމަލުކޮށްފައިވާގޮތް ފުލުހުންގެ ޕްރޮފެޝަނަލް އޮޕަރޭޝަންސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ. އަދި މި ބަޔާނުގައި ބުނެފައިވަނީ އެރޭގެ ހަމަނުޖެހުން ގޯސްވެ މާރާމާރީއަކަށް ބަދަލުވީ އެތަނަށް ޖަމާވެތިބި މީހުން ފުލުހުންނަށް ހުރަސް އަޅައި, ހަމަލާދީ, ފުލުހުންގެ ސަފުތައް ރޫޅައިލުމުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ހަމަލާދިން 22 އަހަރުގެ ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށްފައިވީނަމަވެސް, ޝިހާމަށް އަނިޔާކުރި އެއްވެސް މީހަކު ހައްޔަރުކުރެވުނު ކަމެއްވެސް, ނުވަތަ ފުލުހަށް ހާޒިރުކޮށް ސުވާލުކުރިކަމެއްވެސް އެނގޭކަށް ނެތެވެ. މިކަމާ ގުޅިގެން ވިލިނގިލީގެ އެތައް ސަތޭކަ ރައްޔިތުންނެއް މިދިޔަ ހޯމަ ދުވަހު ވަނީ ޝިހާމަށް އިންސާފުހޯދައިދިނުމަށް ގޮވާލައި އެރަށުގައި  މުޒާހަރާކޮށްފައެވެ.

3 Comments

  1. Rannamaariusoolu saudhuah nueguneethee v dhera rannamaariakee bikuruverianhenkudhinnaamedhu badhuahulaaqee amaluhingaa efadhakudhin maramungendhiyakamahbunaa fureythaeh eusoolu thiothee dhihfuhtahvurebodah viligileeganoontho e ee saudhu villigili raiyyathun thamreenukohfaionnagoyth

Leave a Reply to މިއަދު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button