ޚަބަރު

އަޒާންއަށް ޖިނާއީ ތުހުމަތުކޮށް, ހާތިމާއަށް ފުރައްސާރަކުރާތީ ކަންބޮޑުވޭ: އެމްޖޭއޭ

”ދިޔަރެސް ނޫހުގެ ނުސްވެރިޔާ އަހްމަދު އަޒާން މަރުޒޫގަށް ޖިނާއީ ތުހުމަތުކޮށް, އެނޫހުގެ އަންހެން ނޫސްވެރިއަކަށް ފުރައްސާރަކުރަމުން އަންނާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން އެމީހުންނަށް ފުރައްސާރަކޮށް, އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަކީ އެޖަމުއިއްޔާއިން އަބަދުވަސް ކަންބޮޑުވާ ކަމެއް ކަމަށެވެ.  އަދި އަޒާން ފުލުހަށް ހާޒިރުކުރާ މައްސަލައާއި, ދިޔަރެސްގެ އަންހެން ނޫސްވެރިޔާއަށް ފުރައްސާރަކުރާ މައްސަލަ އެޖަމުއިއްޔާގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ, އަޒާން ހައްޔަރުކުރަނީ ދިޔަރެސް ނޫހުގަައި އޭނާ ލިޔުނު ލިޔުމެއްގެ ސަބަބުން ކަމަށާއި, އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ އައިޖިއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކޮންމެ މީހަކަށްވެސް އެހެން މީހުންގެ ޒާތީ މައުލޫމާތު ބެލޭކަން ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ތުހުމަތުކޮށްފައިވަނީ އަޒާން ސަރުކާރުގެ އިސްވެރިންގެ ޒާތީ މައުލޫމާތު ވަގަށްނަގައި ލީކުކޮށްލި ކަމަށް ކަމާއި, މި ތުހުމަތު އޭނޭ ދޮގުކުރާއިރު, ނޫސްވެރިއަކު ލިޔުނު ލިޔުމަކާއި ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަކީ އެޖަމުއިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިފަދަ ކަންކަމުގެ ސަބަބަބުން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމަށް ބުނެ އިތުރަށް ބުނެފައިވަނީ, ނޫސްވެރިންނަށް މިފަދަ ބިރު ދެއްކުން ހުއްޓާލައި, އެމީހުނަށް ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ދިޔަރެސް ނޫހުން އެނޫހުގެ ނޫސްވެރިޔާ ހާތިމާ ޔޫސުފަށް އެކި ފަރާތްތަކުން ގުޅައި ޒާތީ ފުރައްސާރަކުރާކަން ފުލުހަށް ރިޕޯޓުކޮށްފައިވާ މައްސަލައާއި ގުޅޭގޮތުން ބުނެފައިވަނީ, މިފަދަ ފުރައްސާރައިގެ ޝިކާރައަކަށް ނޫސްވެރިން ހުށައެޅުމަކީ އެޖަމުއިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި, އެކަމުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައި, ހާތިމާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އެޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

ބަޔާން ކުރުކޮށްލަމުން ބުނެފައިވަނީ, ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިންވެސް އިހުނަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށާއި, ނޫސްވެރިންގެ ސުލޫކީ އަހުލާގީ މިންގަޑުތައްވެސް ހިފަހައްޓަން ޖެހޭ ކަމަށެވެ.

އެމްޖޭއޭއިން މިފަދައިން ބުނެފައިވާއިރު, މީގެ ކުރިންވެސް ވެންޓިލޭޓަރުގެ ހިޔާނާތް ފަޅާއަރުވާލުމާއި ގުޅިގެންނާއި, އަދި އުތުރު ތިލަފަޅުގެ އެއްބެސްވުން ހާމަކުރުމާއި ގުޅިގެން ދިޔަރެސްގެ ބައެއް ނޫސްވެރިނަށް ވަނީ ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ. އަދި އެނޫހުން މިހަބަރުތައް ރިޕޯޓުކުރި ނޫސްވެރިނަށް މަރުގެ އިންޒާރުދީ ބިރުދައްކާފައިވާއިރު, އެނޫސްވެރިން ފުލުހުންގެ ރައްކާތެރިކަމަށް އެދުމުން އެންމެ ފުރަތަމަ އެކަމަށް ދީފައިވަނީ ބީރުކަންފަތެކެވެ.

One Comment

  1. ސަރުކާރުގެ ތެރޭގަ ހިންގާ ކޮރަޕްޝަންގެ ވާހަކަ ދައްކާތީ އެކަން ހުއްޓުވާލަން ކުރި ކަމެއް އެއީ.އެވާހަކަ ދައްކާ ނަމަ އެއްކަލަ ކަޅު ދަބަހުގެ ވާހަކަވެސް ދައްކާނެތާ . އެވާހަކަ ދައްކައިފިއްޔާ އޭގަ ހުރި އެއްޗެއް ވެސް އެނގޭނެތާ . އެންޓި ކޮރަޕްޝަނަށްވެސް ލާފަ އެތިބީ މިހާރު މި ސަރު ކާރުގެ މައްސަލަތައް ނުބަލާނެ ފަދަ ބަޔަކުޒީރޯ ޓޮލަރެންސް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button