ޚަބަރުސިޔާސީ

ޖަރުމަނު ސަފީރުގެ މަޤާމަށާއި، ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަން ސަފީރުގެ މަޤާމަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، އައްޔަން ކުރެއްވީ ގަލޮޅު ޕެންޒީމާގެ 1، ޢާއިޝަތު ޝާން ޝާކިރު އަދި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، ގަލޮޅު ސަމަންތާ، އަޙްމަދު ޝިޢާންއެވެ.

އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް މިއަދު ޢައްޔަނުކުރެއްވި، އަޙްމަދު ޝިޢާން ކުރިން ހުންނެވީ، އެމިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަޤާމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button