ޚަބަރުދުނިޔެ

ސްރީލަންކާގެ ރައީސަކަށް ރަނިލް

ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފިއެވެ.

ލަންކާގެ ގާނޫން ހަދާ މަޖިލީހުގައި ބުދަ ދުވަހު ނެގުނު ވޯޓުން ރަނިލް ރައީސް ކަމަށް އިންތިހާބުވީ ގާނޫނު ހަދާ މަޖިލީހުގެ 134 ވޯޓުންނެވެ. އަދި ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއަށް 82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ 3 ވޯޓެވެ.

ރަނިލް ވިކްރަމަސިންހަ އިންތިހާބު ވުމާއިގުޅިގެން ލަންކާގެ ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް ވަނީ އެއްބަސްވެފައެވެ.

ލަންކާގައި އާ ރައިސަކު އިންތިހާބުކުރަން ޖެހުނީ މި ފަހުން ލަންކާގެ ރައީސް ކަމުގައި ހުރި ގޮތަބަޔާ ރާޖަޕަކްސާ އެގައުމު އިގުތިސާދީ ގޮތުން އިނދަޖައްސާ ލުމާގުޅިގެން ރައްޔިތުން ނުކުމެ މަގުތަކުގައި މުޒާހަރާ ކުރަން ފެށުމުން، ލަންކާއިން ފިއްލަވާން ރާއްޖެ އައިސް ސިންގަޕޫރްއިން ހިމާޔަތާ ރައްކާތެރިކަން ހޯދުމަށް ފަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިހާރު ގޮތަބަޔާ ހުރީ ސިންގަޕޫރްގައެވެ.

ލަންކާގެ އާ ރައީސް އެއް މިއަދު އިންތިހާބު ކޮށްފައި ވީނަމަވެސް ގިނަ އަދަދެއްގެ ބަޔަކުއައްނަނީ ރަނިލް އާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button