ޚަބަރުސިޔާސީ

”ފަތުރަނީ ހަގީގަތެއް ނޫން، ވިލިނގިލީ ހޮސްޕިޓަލުން އާސަންދައަށް އެންގިއިރުވެސް ކުއްޖާގެ ސިކުނޑި މަރުވެފައިވާކަމަށް ރިޕޯޓު ކުރި“

ހާލު ދެރަވެގެން މާލެ  ގެނައި ގއ.ވިލިނގިލި ކުޑަ ކުއްޖާގެ ސިކުނޑި މަރުވެފައިވާކަމަށް އެރަށު ހޮސްޕިޓަލުން އާސަންދައަށް އެންގިކަން ހާމަވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ކަށަވަރުވެފައިވާގޮތުގައި މިމަހުގެ 18 ވަނަ ދުވަހު ގއ.ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖަކު ހާލު ދެރަވެ، އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމާ ގުޅިގެން، އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕޮޓަލު ކައިރިއަށް ބަޔަކު އެއްވެ، ކުއްޖާ ނުގެނެވި ލަސްވީ އިންޑިއާގެ ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުއްދަ ނުދެއްވައިގެންކަމަށް  ރަޖިސްޓަރީ ނުކޮށް ހިންގާ ވެބްސައިޓުތަކެއްގައި ފަތުރާފައިވަނީ ދޮގު ހަބަރެކެވެ.

”އާސަންދައަށް ކޭސް ލިބުނުއިރުވެސް އެނގޭ ބްރެއިން ޑެޑްކަން. ދެން ވަގުތުން ބެލީ މާލެ ގެންނަން. ގެނައީވެސް ވެންޓިލޭޓަރުގަ. ކުއްޖާ ވެންޓިލޭޓަރުގަ އޮތްކަން.“ މި ހާދިސާ ވަރަށް ގާތުން އެނގޭ ބޭފުޅަކު ވިދާޅުވިއެވެ.

އެކަމަކު މިއަދު ހެނދުނުގެ ވަގުތެއްގައި  އައިޖީއެމްއެޗްގެ އައިސީޔޫގައި އެކުއްޖާ ނިޔާވުމާ ގުޅިގެން އެއީ ފަރުވާދިނުމަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުން ވީ ގޮތެއްކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެފައިވެއެވެ. އެހެން ނަމަވެސް މޯލްޑިވިއަން އެއާލައިނުން ފުލައިޓު ޗާޓަރުކޮށްގެން އެދަތުރު ހަމަޖައްސަން ލަސްވުމުގެ ސަބަބުން ހަމަ އެ ދުވަހު އެ ކުއްޖާ މާލެއަށް ގެނެސް، އައިޖީއެމްއެޗަށް ގެންދެވުނެވެ.

މި މައްސަލައިގަައި ކަން ހިނގައިދިޔަ ގޮތާއި، ކަމުގެ އަސްލު ހަގީގަތް ހާމަކޮށް މިރޭ އާސަންދައިން ބަޔާނެއް ނެރޭނެ ކަމުގެ މައުލޫމާތުވެސް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

އެނގިފައިވާގޮތުގައި ކުއްޖާ ނިޔާވާން މެދުވެރިވީ ގިނަދުވަސްވެފައިވާ ޓިއުމަރެއް ސިކުނޑީގަ ހުރިކަން ސީޓީ ސްކޭނެއް މެދުވެރިކޮށް އެނގުނުއިރު، ގޯސް ހާލަތަކަށް ކުއްޖާގެ ސިއްހީ ހާލަތު ދިއުމުގެ ސަބަބުންނެވެ.

”ކުއްޖާ ގެނައީ ބުރާސްފަތި ދުވަހު. ނިޔާވީ މިއަދު. ދެން ލަސްވެގެން ނުގެނެވިގެންނޭ ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް.“ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވީ މީގެ ކުރިން ސަރުކާރުން ބްލޮކް ކުރުމަށްފަހު އަންބްލޮކް ކުރި ވެބްސައިޓަކުން ފުޅާ ދާއިރާއެއްގައި މި މައުޟޫގައި ހަގީގަގަތާ ހިލާފް ވާހަކަތަކެއް ފަތުރައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button