މާލެ ސިޓީ ކައުންސިލުގެ ކޮންސަލަޓްނަޓް އަދި އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހު (މަންޑޭ) ހޯމް މިނިސްޓަރ އިމްރާން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަމްދޫހް މިނިސްޓަރ އިމްރާނަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައި ވަނީ, މިނިސްޓަރ ިއމްރާން އިށީންދެގެން އިންނެވި ގޮޑި ތުރުތުރު އަޅަނީތޯ ސުވާލު ކުރައްވާފައެވެ.
”އިށީންދެގެން އިންނެވި ގޮޑި ތުރުތުރު އަޅަނީތޯ؟ އަނގަ މައިތިރި ނުވެގެން އުޅުއްވާތީވެ އަހާލީ“
މަމްދޫޙު މި ޓްވީޓުގައި އިތުރަށް ވިދާޅުވީ, މިނިސްޓަރ އިމްރާން ބަސްފުޅެއް ވިދާޅުވާން ބޭނުންފުޅު ކަމުގައިވާނަމަ ޖަލުގައި ކުށެއްނެތި ބަންދު ކުރެވިފައިވާ ޝެއިޙުންގެ ހައްޤުގައި އެއްޗެއް ވިދާޅުވުމަށެވެ. އަދި އެއަށްފަހު ވަނީ އެފަދައިން ކަން ކުރައްވަން އެމަނިކުފާނަށް ކެރިވަޑައިގަންނަވާނެތޯ ސުވާލު ކުރައްވާފައެވެ.
މަމްދޫހު މިި ޓްވީޓު ކުރައްވާފައިވަނީ, އަދާލަތު ޕާޓީއާއި, ސަލަފު ޖަމުއިއްޔާއާއިމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. މި ޓްވީޓުގައި މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ, ސަލަފް ޖަމުއިއްޔާއި އާއި އަދާލަތު ޕާޓީގެ މެދުގައި ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކްތ ކުރަމުންދާ ކަމަށެވެ. އެ އެކަމަށް ފުރުސަތު ނުދެއްވުމަށް އެންމެހާ އިލްމުވެރިންނަށް ވަނީ ގޮވައިލައްވާފައެވެ.
އިށީންދެގެން އިންނެވި ގޮޑި ތުރުތުރު އަޅަނީތޯ؟ އަނގަ މައިތިރި ނުވެގެން އުޅުއްވާތީވެ އަހާލީ؟. އެއްޗެކޭ ބުނަން ބޭނުން ވެ ލައްވަންޔާ ޖަލުގައި ކުށެއްނެތި ބަންދު ކުރެވިފައިވާ ، ޝޭޚުންގެ ހައްޤުގައި ނިކަން އެއްޗެއް ވިދާޅުވެ ބައްލަވާ؟ ކެރި ވަޑައިގަންނަވާނެތޯ؟ @ShimranAb https://t.co/deF1fwORjj
— Ahmed Mamdhooh (@Mandey77) July 18, 2022
ފާޙަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ހޯމް މިނިސްޓަރ އިމްރާން ގެންދަވަނީ އެމަނިކުފާނުގެ ޕާޓީ ދިފާއުކޮށް މިފަދަ ގިނަ ޓްވީޓުތަކެއް ކުރައްވަމުންނެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ މިނިސްޓަރ އިމްރާނަށް އަމާޒުވެފައެވެ.
ބައެއް ފަރާތްތަކުން ބުނަމުން ދާ ގޮތުގައި މިނިސްޓަރ އިމްރާންގެ މި ޓްވީޓުތަކަކީ ސަރުކާރުގައި އެމަނިކުފާނުގެ މަގާމު ދެމެހެއްޓުމުގެ މަގްސަދުގައި ކުރައްވަމުންދާ ޓްވީޓުތަކެކެވެ. ނުވަތަ އެއީ ފާއިތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ދީނާ ގުޅުންހުރި މައްސަލަތަކުގައި އަދާލާތު ފާޓީގެ ފަރާތުން ކުޑަމިނުން ބަޔާނެއްހާ ހިސާބު ފެނިފައި ނުވުމުން, ރައްޔިތުންގެ މެދުގައި އެޕާޓީއާއި މެދު އުފެދިފައިވާ ނަފްރަތުން ދިފާއުކުރުމަށް ކުރައްވާ ޓްވީޓުތަކެއް ކަމަށެވެ.
އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތަކީ މިނިސްޓަރ އިމްރާން ކުށްލިއަކަށް ޓްވީޓު ކުރައްވަން ފެއްޓެވިކަމެވެ. އަދި މި ޓްވީތުތަކުގެ މަގްސަދަކީ ކޮންމެ ކަމެއް ކަމުގައި ވީނަމަވެސް, މި ޓްވީޓުަތަކަށް ލިބެމުންދަނީ ތަރުޙިބަށްވުރެ ނަފުރަތުކަން އެއީ ދޮގުނުކުރެވޭނެ ހަގީގަތެކެވެ.
މި މަންޑޭ އަކީ ހަމަ މީހެއް ތޯއެވެ، ލީޑަރެއްގެ ފަރާތުން ފައިދާ އެއް ލިބިދާނެ ކަމަށް ނުކުމެގެން އުޅޭ މީހެއް ތޯއެވެ
ނުވތަ ސައިޒު އޮޅިގެން އުޅޭމީހެއް ތޯއެވެ .