ޚަބަރުސިޔާސީ

ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅުވާލާނަން: ޑރ. މުއިއްޒު

ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅުވާލާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކިނބިދޫ ރައްޔިތުންނަށް ދެއްވައިފިއެވެ.

ކިނބިދޫ ރައްޔިތުންނާއި މުޚާތަބުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިގްތިސާދީ ކުރިއެރުން ގެނެވޭނީ ”އިކޮނޮމީސް އޮފް ސްކޭލް“ އަށް ތަރައްޤީ ބައްޓަން ކޮށްގެން ކަމަށާއި އެންމެ މުހިންމު ކަމަކީ ދަތުރުފަތުރުގެ ނިޒާމް ރަނގަޅުކުރުން ކަމަށެވެ. ކިނބިދޫ-ވޭމަންޑޫ ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިނބިދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރައްޔިތުން އެދޭ ތަރުތީބަކަށް ތަރައްޤީގެ މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ތަރުތީބު ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކިނބިދޫ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކިނބިދޫ ކަައުންސިލްގެ ރައީސް އަލީ ހުސައިން ކިނބިދޫ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިނބިދޫ ފުޓްސަލް ދަނޑާއި ފުޓްބޯޅަދަނޑު ނެތުމުން ޒުވާނުން ވަރަށް ކަންބޮޑުވާކަމަށާއި ޒުވާނުންނަށް ފުޓްބޯޅަކުޅެވޭނެ ދަނޑެއް ހައްދަވައި ދެއްވުމަށް އެދިވަޑައިގަތެވެ. އަދި ދާއިރާގެ ތަރައްގީގެ ކުރިއެރުމަށް ޓަކައި ކިނބިދޫއާއި ވޭމަންޑޫ އެއްފަސްކުރުމަށް ކޯޒްވޭއެއް އަޅައިދިނުމަކީ ކިނބިދޫ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ކިނބިދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ވީ އެންމެ އަވަހަށް ނިންމައި ދެއްވުމަށް ކިނބިދޫ ރައްޔިތުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ކޮޅުމަޑުލުގެ ހުރިހާ ކައުންސިލަކާއި ބައްދަލުކުރައްވާ ނިމޭނެކަމަށާއި ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށާއި ރޯދަމަސް ފެށުމުގެ ކުރިން 1 މަސްތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި ބައްދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button