ޚަބަރު

ބަރަހަނާވި ނަބީލު ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލައިފި

މީސް މީޑިއާ އޮޅިއެއް ކަމުގައިވާ ޓުވިޓާގައި ބަރަހަނާ ފޮޓޯތަކެއް ތަކުރާރުކޮށް އާންމު ކުރަމުން ގެންދިޔަ ދިވެހި ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރު ކުރިތާ 24 ގަޑިއިރު ނުވަނީސް ދޫކޮށްލައިފިއެވެ.

ފުލުހުން ނަބީލު އިއްޔެ ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. އެކަމަކު އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދަން ފަނޑިޔާރަށް ނުފެންނާތީ ފުލުހުންނަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ.

ނަބީލު ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތް ކަމުގައެވެ. އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް މިހާތަނަށް ލިބިފައިނުވާތީ، ބަންދުން ދޫކޮށްލިޔަސް ބިރެއް ނެތްކަން އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ތަހުގީގުގައި ނަބީލްގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައިނުވާތީ އާއި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތެއް ފިލާފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާއިރު، ޝަރީއަތުން ނިންމީ ފޯނުގެ ޕާސްވޯޑް ނުދިނުމާއި، މީހަކު ފިލައިގެން ދިއުމަކީ ގުޅުމެއް އޮތް ކަމެއް ނޫން ކަމުގައެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button