
ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ނޫސްވެރިންގެ ގަލަމުގެ ދެލިކޮޅު ދަމައިގަނެފައިވާ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މަސްދަރު ހާމަކުރާ ބިލު މިއަދު ރައީސް ސޯލިހު ތަސްދީގު ކުރެއްވުމާއި ގުޅިގެން ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަސްލު ސޫރަ މިއަދު ދައްކާލަނީ ކަމުގައެވެ. އަދި ހަނި ނޫސްވެރިކަމެއް އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ޒަމާން އިސްލާހީ ޒައާމަތަކަށް ވެގެން ހިނގައްޖެ ކަމުގައި ޖަމީލު ފާހަގަކުރެއްވިއެވެ.
ރ. @ibusolih ގެ އަޞްލު ސޫރަ މިދައްކާލަނީ. މިހާރު ރ. މައުމޫނުގެ ޒަމާން މިވީ އިޞްލާޙީ ޒަޢާމަތަށް. ވެރިކަމުގެ ތަޅުދަނޑި ބޭރު ބަޔަކު ގެންގުޅޭނަމަ ވާނީމިހެން. ގަލަމުގެ ދެލިކޮޅުވެސް ދަމާގަތީ. https://t.co/RrbsAmzPfA pic.twitter.com/xWdaJrIaON
— Mohamed Jameel Ahmed (@MJameelAhmed) July 18, 2022
ޖަމީލު ވިދާޅުވިގޮތުގައި މިގޮތަށް ކަންކަން ދިމާވާން ޖެހުނީ ވެރިކަމުގެ ތަޅުދަނޑި ބޭރު ބަޔަކު ގެންގުޅޭތީއެވެ. ބެލެވޭގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރާއި ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ ނުފޫޒުގެ މައްޗަށެވެ.
”ގަލަމުގެ ދެލިކޮޅުވެސް ދަމައިގަތީ.“ ޖަމީލް ވިދާޅުވިއެވެ.
ޑރ،ޖަމީލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރުވެސް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން މިއަދަކީ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ދުވަހެއް ކަމުގައި އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވާ ބިލު ކަމުގައިވާ ހެއްކާ ބެހޭ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ސަފުހާއެއް މިއަދު ލިޔެވިގެން ހިނގައްޖެ ކަމުގައެވެ.
“ހެއްކާބެހޭ ބިލު މަސްދަރު ހާމަކުރާގޮތަށް ތަސްދީގު ކުރުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ސަރުކާރުން 70 ގެ އަހަރުތަކަށް ރާއްޖެ ސޮއްސާލުން.” އާދަމް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ދިވެހި ނޫސްވެެރިކަމަށް ކުރިމަތިވެގެންދާނެ އެވެ.
Miadhakee Raajjeyge noosverikamuge hayaathugai kalhu sofhaaeh liyeveyne dhuvaheh! Hekkaabehey bill masdharu haama kuraagothah thasdheequ kurumakee democracyge hayaathugai sarukaarun 70ge aharuthakah Raajje sossaalun! Iaadha nukureveyne gellun libeyne! https://t.co/BoqCgGQogS
— Adam Shareef Umar (@Adamshareefz) July 18, 2022
މަސްދަރު ހާމަކުރުމަށް އޮތް މާއްދާ އިސްލާހު ކުރުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ކަމަކާ ގުޅޭ މަސްދަރު ބުނުމަށް މަޖުބޫރު ކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ.
މި ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ މަސްދަރު ހާމަކުރަން ޖެހޭ މާއްދާއާއި ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް ސޯލިހަށް މިމަހުގެ 7 ވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައިވަނިކޮށެވެ
Drjameelakee leedareh noon e eedhefukkeheringeleedar