ޚަބަރުސިޔާސީ

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ދެ ވަޒީފާ

އިކޮނޮމިިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝުހާދު ސަރުކާރުގެ ދެ އިދާރާއަކުން މުސާރަ ނަންގަވާކަން ހާމަވެއްޖެއެވެ.

ދާދި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް ޝުހާދު އައްޔަންކޮށްފައެވެ. އޭގެ ކުރިން ޝުހާދު ހުންނެވީ ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޖެނެރަލް މެނޭޖަރަކަށެވެ. މިނިސްޓްރީއަށް އައްޔަން ކުރެވުމާއެކު އޭނާ އަންނަނީ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުން އެއްފަރާތް ވުމަށް ފަހު އާރުޑީސީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

އެނގިފައިވާގޮތުގައި ޝުހާދު ވަނީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އަށް ނާންގައި އެ ކުންފުނީގެ އެޗްއާރު މެނޭޖަރު މެދުވެރިކޮށް ޖީއެމް ކަމުގެ ކޮންޓްރެކްޓު، ކޮންސަލްޓެންޓެއްގެ ކޮންޓްރެކްޓަށް ބަދަލުކޮށްފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް އުޅުއްވަމުން އާރުޑީސީއިން އެލަވަންސް ނަންގަވާކަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ. އަދި ޝުހާދު އެގޮތަކަށް ކަންތައްތައް ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނުފޫޒުން ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އާއި ވާހަކަ ދެއްކި ފަރާތަކުން ވަނީ ބުނެފައެވެ. އަދި އެފަދަ ނުފޫޒެއް މިނިސްޓަރު ފައްޔާޒު ފޯރުވިތޯ ބެލުމަށް އެބޭފުޅާ އާއި ”ބޮންތި“ އިން ސުވާލު ކުރުމުން އަދި ޖަވާބެއް ނުދެއްވައެވެ.

މިކަމާ ގުޅޭގޮތުން އާރުޑީސީގެ އެމްޑީ މޫކޭ އާއި ސުވާލު ކުރުމުން ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާއަށް ނޭނގި އެފަދަ އެއްވެސް ކަމެއް އެ ކުންފުނީގެ މުވައްޒަފަކު ނުނިންމާނެ ކަމުގައެވެ. މޫކޭ މިފަދައިން ވިދާޅުވިއިރު ޝުހާދު ވަނީ މިއަދުވެސް އާރުޑީސީ އޮފީހަށް ނިކުންނަވާފައެވެ.

”ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަޅުގަނޑަށް ނޭނގި ތިޔަފަދަ ކަމެއް އާރުޑީސީގެ އެއްވެސް މުވައްޒަފެއް ނުނިންމާނެ.“ މޫކޭ ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދަށް އިތުރު ބުރައަކަށް ވާގޮތަށް ޝުހާދު ދެ މަގާމެއް ފުރުއްވަމުން ގެންދޭތޯ އޭނާ އާއި ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާވެސް އަދި މިހާތަނަށް ޖަވާބެއް ނުދެއްވައެވެ.

ޝުހާދަކީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީއެއް ކަން ރައީސް އޮފީހުގެ ވެބްސައިޓުން އެނގެން އޮތްއިރު އާރުޑީސީގެ ވެބްސައިޓުގައި އަދިވެސް އޭނާ ޖީއެމް އެއްގެ ގޮތުގައި އުޅުއްވާކަމަށް އަދިވެސް ޖަހާފައިވެއެވެ. ޑެޕިއުޓީ މިނިސްޓަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 32،500 ރުފިޔާ ލިބޭއިރު، އާރުޑީސީގެ ކޮންސްލްޓެންޓަކަށް ގާތްގަނޑަކަށް 17،000 ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވެއެވެ. އެހެން ކަމުން ޝުހާދު ގެޔަށް ގެންދަން ކޮންމެ މަހަކުވެސް 49،500 ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ޝުހާދުގެ ބަހެއް މިކަމުގައި ލިބޭގޮތް ނުވިޔަސް އޭނާގެ ޖަވާބެއް މިކަމުގައި ފަހުން ލިބިއްޖެ ނަމަ، އެ ހަބަރު ”ބޮންތި“ އިން ގެނެސްދެވޭނެއެވެ. އަދި މި ހަބަރު ޝާއިއުކޮށްފައިވަނީ ވަރަށް އިތުބާރު ބޮޑު މަސްދަރަކާ ހަވާލާދީކަން ”ބޮންތި“ އިން ޔަގީންކަން ދެމެވެ.

5 Comments

  1. މިނޫހުން މިސަރުކާރާއި ކިތައްމެ ދެކޮޅުވިޔަސް ޔާމިނަކައް މިއަންނަ ދައުރަކައް ކުރިމައްޗެއްނުލެވޭނެ.. ޔާމިނު 2013 ގަ ވަގައް ވެރިކަމައް އެރިހެނެއް ދެނެއް ނޭރޭނެ…
    މިހާރުވާ ކަންކަމުގެ ތަފްސީލު އެބައިނގޭތާ.. ޔާމިނުވެރިކަމުގަ ހުރިހާކަމެއްކުރީ ރައްޔިތުންނައް ވަގައް..

    1. މިވެރިކަން 2023 ގައި އަލުން އިއާދަވެއްޖެނަމަ އެއީ ދިވެހިންގެ ދަރިންގެ ދަރިންނަށް ވެސް ލިބޭނެ އެންމެ ބޮޑު ބަދު ނަސީބު. ދެން ތިބުނާ ވައްކަމުގެ ބާބު ފަށާއިރު މިނިވަން މުއައްސަސާތައް ގޮށް މުށުގެ ބާރުން ހިފަހައްޓާފައި އޮތުމުން ކޭވަރެއް ރައްޔިތުންނަށް ނޭގެނީ. ވެންޓިލޭޓަރުގެ ވައްކަމާއި ބަދަލުގެ ގޮތުގައި ނަގާ ފައިސާ އާއި ޕާޓީ ކުދިންނަށް ނަހަމަ ގޮތުގައިދޭ ވަޒީފާ ފަދަ ކަންކަމުން ދައުލަތުގެ މާލިއްޔަތު ވަނީ ދޮވެލާފަ.

Leave a Reply to މުފައްކިރު. Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button