ޚަބަރު

އިލްމުވެރިއަކަށް އަނިޔާ ނުދޭވާހަކަ ބުނަން ލަދުވެސް ނުގަންނަނީތޯ؟

ހޯމް މިނިސްޓަރ އިމްރާން އިލްމުވެރިއަކަށް އަނިޔާނުދޭވާހަކަ ބުނަން ލަދުވެސް ނުގަންނަނީތޯ އައްސަވައި ދީނީ އިލްމުވެރިޔާ ޝެއިޙް ޝައުދާން މިނިސްޓަރ އިމްރާން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝެއިޙް މިނިސްޓަރ އިމްރާނަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ ނަފްސު ދިފާޢުކޮށް، ވޭތުވެދިޔަ 3 އަހަރު ނުކުރާވަރަށް މި 3 ދުވަހު މިނިސްޓަރ ޓުވީޓު ކޮށްފައިވާ ކަމަށެވެ. އަދި ‏2 ޢިލްމުވެރިން ޖަލުގައި އަދި އެތަކެއް އަޚުން ހައްޔަރުގައި ބަހައްޓައިހެން ހުރެ އެއްވެސް މީހަކަށާއި އިލްމުވެރިއަކަށް އަނިޔާނުދޭވާހަކަ ބުނަން ލަދުވެސް ނުގަންނަނީތޯ ވަނީ ސުވާލުކުރައްވާފައެވެ.

ޝެއިޙް ޝައުދާންގެ މި ޓްވީޓަކީ ދާދިފަހުން މިނިސްޓަރ އިމްރާން އެމަނިކުފާނުގެ ޕާޓީ، އަދާލަތުޕާޓީ ދިފާއުކުރައްވަައި ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދެކެވެ. މި ޓްވީޓުގައި މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ހައްގުގޮތް އެއީ ހައްގު ކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަވުމަކުން ނުވަތަ މަދުވުމަކުން ނޫން ކަމަށެވެ. އަދި ކިތެންމެ މަދު ބަޔަކު ތާއީދުކުރިޔަސް ހައްގު ވާނީ ހައްގަށް ކަމަށް މިނިސްޓަރ ގެ މި ޓްވީޓުގައި ވިދާޅުވިއެވެ.

މިނިސްޓަރގެ މި ޓްވީޓަކީވެސް ފަހަކަށް އައިސް އެމަނިކުފާނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ދެއްވޖ ރައްދެއް ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މި ޓްވީޓާއި ގުޅިގެން ޝެއިހް ޝައުދާންގެ އިތުރުން ގިނަ ބަޔަކުވަނީ މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button