ޚަބަރު

ވިނަރެސް އެޕާޓްމެންޓް ގަތުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢުއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިނަރެސް ހައުސިންގ މަޝްރޫޢުއިން އެޕާރޓްމަންޓް ގަތުމަށް އެދި އޮންލައިންކޮށް ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި އޮންލައިން ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ވިނަރެސް މަޝްރޫއުގެ ދަށުން އެޕާޓްމެންޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕއިންޓް ދެވޭ އުސޫލުތަކާއި އޭގެ ތަފްސީލް (https://hdc.com.mv/app/files//2022/07/Vinares-Announcement-1.pdf) ފެންނަން ހުންނާނެއެވެ.

އެޗްޑީސީގެ ފަރާތުން މި ބަޔާނުގައި ވަނީ އެޕާޓްމެންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2022 ގެ 12:00 ގެ ކުރިން (https://my.hdc.com.mv/) މެދުވެރިކޮށް ފޯމު ހުށައެޅުމަށް އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button