ޚަބަރުސިޔާސީ

އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުންތައް އުވާލުމުގެ ކަންތައް ސަހަލު ގޮތަކަށް ނުދާނެ: ރައީސް ޔާމީން

އިންޑިއާ އާއި ދިވެހިރާއްޖެ އާއެކު ވެފައިވާ ގޮތް ނޭނގޭ އަސްކަރީ އެއްބަސްވުންތައް އުވާލުމުގެ ކަންތައް ސަހަލު ގޮތަކަށް ނުދާނެ ކަމުގައި އިދިކޮޅު ޕީޕީއެއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި މިރޭ ހއ.ދިއްދޫގައި އިދިކޮޅުން ކުރިޔަށް ދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ އެއްބަސްވުންތައް އުވާލާއިރު، ބަދަލުގެ ގޮތުގައި ދޭންޖެހެނީ ކޯއްޗެއްތޯ އާއި، އެކަން ނިމިގެންދާއިރު އާދައިގެ ގޮތަކަށް ނުދާނެ ކަމުގައެވެ.

”އެކަމަކުވެސް އެއީ އުވާލަންޖެހޭ އެއްބަސްވުންތަކެއް. ދެން އޭގަ ކަންކަން ނިމިގެންދާނެގޮތް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ބައެއް ކުންފުންޏާއެކު ސަރުކާރުން ހަދާފާއިވާ  އެއްބަސްވުންތައް ބާތިލު ކުރީ މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުުއްދަތު ފަހަނައަޅައި އެތަކެއް ދުވަހެއް ފާއިތުވުމާ ގުޅިގެންނެވެ. އެކަމަކު އެ ފަރާތްތަކަށްވެސް މިހާރު ބަދަލު ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރާއި އިންޑިއާ އާއި އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ނުކޮށްގެން ރާއްޖޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button