ޚަބަރުސިޔާސީ

ކިތަންމެ މަދު ބަޔަކު ތާއީދުކުރިޔަސް ހައްގު ވާނީ ހައްގަށް: އިމްރާން

ކިތެންމެ މަދު ބަޔަކު ތާއީދުކުރިޔަސް ހައްގު ވާނީ ހައްގަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައްގުގޮތް އެއީ ހައްގު ކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަވުމަކުން ނުވަތަ މަދުވުމަކުން ނޫން ކަމަށެވެ. އަދި ކިތެންމެ މަދު ބަޔަކު ތާއީދުކުރިޔަސް ހައްގު ވާނީ ހައްގަށް ކަމަށް މިނިސްޓަރ ގެ މި ޓްވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ގައުމުގެ އެންމެން ތާއީދުކުރިނަމަވެސް ބާތިލް ވާނީ ބާތިލަށް ކަމަށެވެ.

ބެލެވޭ ގޮތުގައި މިނިސްޓަރ އިމްރާންގެ މި ޓްވީޓަކީ އެމަނިކުފާނުގެ ޕާޓީ އަދާލަތު ޕާޓީއާއި ގުޅޭގޮތުން ނުރުހުންފާޅުކޮށް އެކި ފަރާތްތަކުން ރައްދުކޮށްފައިވާ ބަސްތަކަށް ދީފައިވާ ރައްދެކެވެ.

ދާދިފަހުން ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމާއި، ލިވާތު ވީޑޮއޯތަކާއި އަސި މިނޫންވެސް ދީނާ ގުޅުންހުރި ގިނަ މައްސަލަތަކާއި ގުޅިގެން އަދާލަތު ޕާޓީއިން އެކަމަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މީގެން އެއްވެސް މައްސަލައަކާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުން އެމައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލަމުން ނުދާތީ އެކަން ކުށްވެެރި ކޮށްފައެއްވެސް ނުވެއެވެ.

މި މައްސަލަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަދާލަތު ޕާޓީއަށާއި، މިނިސްޓަރ އިމްރާނަށް އަމާޒުވެފައެވެ. އެހެން ނަމަވެސް މި ޓްވީޓު ފިޔަވައި އަދި މިހާތަނަށް އެޕާޓީއިންވެސް އަދި މިނިސްޓަރ އިމްރާންވެސް އެކަމަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button