ނާޒިމް ސައްތާރުގެ ވަކީލުކަމުގެ ހުއްދަ ހިފަހައްޓަން ހުށަހެޅި މައްސަލަ އަދިވެސް އޮތީ ރަޖިސްޓްރީ ނުކޮށް
މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ ވަކީލުކަމުގެ ހުއްދަ ހިފަހައްޓަން ބާ ކައުންސިލަށް ހުށަހެޅި މައްސަލަ އަދިވެސް ރަޖިސްޓްރީ ނުކުރާކަން ހާމަވެއްޖެއެވެ.
އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ވަކީލު އަހުމަދު ތޯލިބެވެ.
އެ މައްސަލަ ކުރިޔަށް ދާގޮތް ބެލުމަށް މިއަދު ބާ ކައުންސިލަށް ތޯލިބު ވަނީ ގޮސްފައެވެ. އަދި ދިއުމުން އެ މައްސަލަ ބަލަމުން ދާ ކަމަށާއި، މައްސަލަ ރަޖިސްޓްރީ ކުރުމަށްފަހު ކޮމެޓީއެއް އެކުލަވާލާނެ ކަން ބާ ކައުންސިލާ ހަވާލާދީ ތޯލިބު ވަނީ ވިދާޅުވެފައެވެ.
ތޯލިބު ފާހަގަކުރެއްވިގޮތުގައި ސަރުކާރުގެ ނުފޫޒުގަ ނުޖެހި މިނިވަން މުއައްސަސާތައް ހިނގާތޯ ބެލުމަކީ މުހިންމު ކަމަކެވެ. އެގޮތުގެ މަތިން މި މައްސަލައިގައި އޭނާ ޔަގީން ކުރަން ބޭނުންވީ ވަކި އާއިލީ މީހަކަށް ވަކި ފިކުރަކަށް ނިސްބަތްވާ މީހެއްގެ މައްސަލައެއް ބެލުމަށް ހުރަހެއް އޮތް ތޯއެވެ. އަދި ބާ ކައުންސިލާއި މެދު އޮތް އުންމީދު ނުކެނޑޭ ކަމަށާއި އޭނާގެ އެދުމަކީ ވީހާވެސް އަވަހަކަށް މި މައްސަލަ ބެލިގެން ދިއުންކަން ތޯލިބު ފާހަގަކުރެއްވިއެވެ.
ތޯލިބު ބާ ކައުންސިލަށް މިމަހުގެ 6 ވަނަ ދުވަހު ފޮނުވި ސިޓީގެ ކޮޕީއެއް “ބޮންތި” އަށް ވަނީ ލިބިފައެވެ. އެ ސިޓީގައިވާގޮތުން ނާޒިމް ޝަރުއީ ކޯޓުތަކަށް ހާޒިރުވެ ގާނޫނީ މަސައްކަތް ކުރާނަމަ، ރާއްޖޭގެ ވަކީލުންނާއި ބާ ކައުންސިލާއި މެދު އާންމުން ކުރާ އިތުބާރު ގެއްލި، ފޫ ނުބެދޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ، އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ޖެހެއެވެ.
ސިޓީގައި ތޯލިބު އެދިވަޑައިގަތީ ނާޒިމްގެ މައުސޫމްކަން ޝަރުއީ ކޯޓަކުން ސާބިތު ކުރެވެންދެން އޭނާގެ ހުއްދަ ހިފަހައްޓާފައި ބާ ކައުންސިލުން ބޭއްވުމަށެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި އާއި ނާޒިމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވުމާގުޅިގެން ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ފުލުހަށް ނާޒިމް އެއްފަހަރު ގެންގޮސްފައިވެސް ވެއެވެ. އެކަމަކު ފުލުހުން ބަލަނީ އެ ވީޑިއޯގެ މައްސަލަ ކަމެއް ނުވަތަ ނާޒިމްގެ ވީޑިއޯ ބޭނުންކޮށްގެން ބަޔަކު އޭނާ ބްލެކްމެއިލް ކުރި މައްސަލަ ކަމެއް ނޭނގެއެވެ. މި މައްސަލައާ ގުޅިގެން އަލަމް ގިރި ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ތަހުގީގު ކުރަނީ ބްލެކްމެއިލް ކުރުމުގެ މައްސަލައެކެވެ.
Sahkehneh varah engeyne sadhoomuge hukun heyo niyathuga kureema livaathu kuriyas vakeelu kamuge huhdha nuhifaahtaanekan ithuru huhdhaeh dheynvee noonee spring cotrge is fadiyaaru kan dheynvee noonee gaumuge raees kan dheynvee