ޚަބަރުސިޔާސީ

ޔޯގާ ހަރަކާތާ ގުޅިގެން އަނިޔާ ލިބެމުންދާ އެންމެން ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން ކުރާނަން: ވައްޑެ

ޔޯގާ ހަރަކާތާ ގުޅިގެން އަނިޔާ ލިބެމުންދާ އެންމެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމެއްގައި މިނިވަން ކުރާނެ ކަމުގައި ޕީޕީއެމްގެ ސެނެޓަރ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުހައްގުން ޖަލަށް ލައި އަނިޔާދެމުން ގެންދާ ދީނީ އިލްމުވެރިންނާއި، ޝިރުކާ ދެކޮޅަށް އަޑު އުފުލައިގެން އަނބިދަރިންނާ ވަކިކޮށް، ލާއިންސާނީ އަނިޔާ ދެމުން ގެންދާ (ލިބެމުންދާ) އެންމެހާ އަޚުން މާތް ރަސްކަލާނގެ އިރާދަފުޅުން މިނިވަން ކުރާނެ ކަމުގައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ހިއްސާ ކުރައްވަމުން ވައްޑެ ވިދާޅުވީ އެ ހަރަކާތުގައި ޔޯގާގެ އެއްވެސް ބައިވެރިޔަކަށް ބަޔަކު އަނިޔާކޮށްގެން ރިޕޯޓު ނުކުރާ ކަމަށާއި، އަދި އަނިޔާއެއް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ނުވާއިރު، ނުވަތަ ޑޮކްޓަރަކަށް ދައްކާފައި ނުވާއިރު، ދަނޑުތެރެއަށް ވަތް ބަޔަކު މާރާމާރީ ހިންގައި ބިރުދެއްކި ކަމަށް ދައުލަތުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމުގައެވެ.

”ޔޯގާ ހަރަކާތް ހުއްޓުވަން ދިދަ ހިފައިގެން ދަނޑަށް ވަނުން އަޅުގަނޑު ދިފާއު ކުރަނީއެއް ނޫން. އެކަމަކު ސުވާލަކީ ޓެރަރިޒަމްގެ އަމަލަކަށް ވީ ދިދަ މައްޗަށް ނަގައި އަޑު އުފުލުމުންތޯ އޭ.“ ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އެ މައްސަލަ އިންސާފުވެރިކަމާއެކު ބަލަންވީ ކަމަށާއި އެކަމަކު މިކަމުގައި ފުލުހުންގެ ތެރެއިން ދައުލަތާ ގުޅިގެން ވަކިގޮތަކަށް މައްސަލަ ފުރޮޅައިލާން މަސައްކަތް ކުރަމުން ގެންދާ ކަމުގައެެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޕީޕީއެމްގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޝެއިޚް އާދަމް ނިޝާން އާއި ޝެއިޚް ފަޟްލޫން ބިން މުހައްމަދުގެ އިތުރުން ގިނަ ބަޔަކު ހައްޔަރުކޮށް، ދިގު މުއްދަކަށް ބަންދުކޮށްފައިވާ މައްސަލައިގައި އާންމުންގެ މަލާމާތާއި ފުރައްސާރަ ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެ މައްސަލައިގައި ފުލުހުންގެ އިހުމާލު ބޮޑުކަމުގައި ފުލުހުންވެސް ވަނީ އެއްބަސްވެފައެވެ. އެކަމަކު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖުހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ހަމަހަމަ އުސޫލުން ވާހަކަ ދައްކާ އާންމުން ބުނެއެވެ.

3 Comments

    1. ޔާމީނުގެ ޒަޢާމަތުގައި ދިވެހިރައްޔިތުންނަށް ކުރިއަށްވުރެ މާއުފާ ފާގަތި ދުވަސްތަކެއް ދައްކަވާނެ. އިންޝާﷲ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button