ޚަބަރުދުނިޔެ

އިންޑިއާގައި ވެކްސިން ޖެހުމުގެ ރެކޯޑެއް

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި މި ބަލިމަޑު ކަމުން ރައްކާތެރި ވުމަށްޓަކައި ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ މިކަމަށް ހާއްސަ ކުރެވިފައިވާ ވެކްސިން ޖެހުމެވެ.

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ އާ ފިޔަވަހީގެ ދަށުން އެއް ދުވަހުގެ ތެރޭގައި 8.5 މިލިއަން ޑޯޒް ވެކްސިން ދީ އިންޑިއާގައި ރެކޯޑެއް ހަދައިފިއެވެ. މީގެ އިތުރުން އެގައުމުން ވަނީ އޭޕްރީލް މަހު އެކަނި ވެސް 4.3 މިލިއަން ޑޯޒް ޖަހާފައެވެ.

އިންޑިއާގެ އާބާދީ އާއި އަޅާބަލާއިރު ވެކްސިން ޖަހާފައި ވަނީ ވަރަށް މަދު ބައެކެވެ. ސަބަބެއް ކަމަށް ވެފައި ވަނީ އިންޑިއާ ސަރުކާރުން ރައްޔިތުން ގަޔަށް ވެކްސިން ޖެހުމުގެ ބަދަލުގައި ވެކްސިން އެކްސްޕޯޓް ކުރުމަށް އިސްކަންދިނުމެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް 19 ފެތުރެމުންދާ ދަނޑިވަޅެކެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި އިންޑިއާގައި 29.9 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އަދި ބަލީގައި 388،00 މީހުން މަރުވެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button