ޚަބަރު

ކޯޓު ތަކުގެ ގާނޫނަށް ބޮޑު ބަދަލުތަކެއް

ކޯޓުތަކަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރުމާއެކު އަތޮޅުތެރޭ ގާއިމު ކުރެވިފައިވާ ހައިކޯޓުގެ ގޮފިތައް އުވިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފައި ވަނީ މިއަދު އެވެ.

މި ގާނޫނުގެ ސަބަބުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވޭނެއެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ ފަނޑިޔާރުން ޤާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެއްވުމެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސްތެރޭގައި އެންމެހާ މަސައްކައްތަށް އެ ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހައިކޯޓުން ހަމަޖައްސަން ވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެންކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޙަވާލުކުރެއްވުން ހިމެނެއެވެ.

މިޤާނޫނު ރައީސް ޞާލިޙް، ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ޢަމަލުކުރަން ފެށިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button