ޚަބަރުސިޔާސީ

އާދަލަތު ޕާޓީއަކީ ހަރާމް ހަލާލަށް ހަދާފައިވާ ނަންބޯޑެއް: މަދަނީ

އަދާލަތު ޕާޓީއަކީ ހަރާމް ހަލާލަށް ހަދާފައިވާ ނަންބޯޑެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ މެންބަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދު) ވިދާޅުވެއްޖެއެވެ.

މަދަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީއަކީ މިއަދު ދުނިޔެއަށްޓަކައި މުންކަރާތް ކަރާމާތަށްވެ، ހަރާމް ހަލާލަށްވެ، ބޭއިންސާފު އިންސާފަށްވެފަައިވާ ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީއަކީ ލާދީނިއްޔަތު ދީނިއްޔަތަށްވެ، ލާޤައުމިއްޔަތު ޤައުމިއްތަތަށްވެ، ލާއިންސާނިއްތަތު އިންސާނިއްޔަތަށްވެފައިވާ ނަންބޯޑެއް ކަމަށް މަދަނީ ސިފަކުރެއްވިއެވެ.

މަދަނީ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް ޖަނާބް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އިބްރާހިމްގެ މި ޓްވީޓުގައިވަނީ، ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިސްޓަރަކަށް ހުންނަވައި، ދާދިފަހުން ފެންމަތިވި ލިވާތުކުރުމުގެ މައްސަލައިގައި ބޭރު މީހަކު ހައްޔަރުކޮށް ދިވެހިން ދޫކުރުމަކީ އިންސާފުތޯ ސުވާލުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާއި ގުޅިގެން މިނިސްޓަރ އިމްރާންގެ އިތުރުން ސަރުކާރުގެ އިސް އެތައް ބޭފުޅުންނަށް ދަނީ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންނެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރެވުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގިރި ހައްޔަރުކުރެވުނީ ލިވާތުކުރުމުގެ ތުހުމަތުގައި ނޫން ކަމާއި، އޭނާ އާއި ގުޅޭގޮތުން ބަލަމުންދާ ހަމައެކަނި މައްސަލައަކީ ބްލެކްމެއިލް ކުރުމާއި ބިރުދެއްކުންކަން ދާދިފަހުން ވަނީ ހާމަވެފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button