ޚަބަރު

5 މަހަށް ފަހު ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގަ

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވާހަރަކޮށްލަން ދިން ހަމަލާއަށްފަހު ރާއްގޭން ބޭރުގައި ފަސް މަސް ދުވަސް ހޭދަ ކުރުމަށްފަހު ރާއްޖެ ވަޑައިގެން މަޖިލީހުގެ ރިޔާސަތާ މިއަދު އަލުން ހަވާލުވެވަޑައިގެންފި އެވެ.

މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ.

އެމަނިކުފާނު ވަނީ މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ގެންގޮސްދެއްވި ކަމަށްޓަކައި މަޖިލީހުގެ ނައިބު ރައީސާ މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާފަ އެވެ. މީގެ އިތުރުން ގައުމުގައި މިވަގުތު ހުރި ބައެއް މައްސަލަތަކާއި މަޖިލީހަށް ހުށަހެޅިފައި ހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ވެސް ނަޝީދުވަނީ ވާހަަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއަކުން އެންމެ ފަހުން ފެނިފައިވަނީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގެ އެންމެ ފަހުގެ ޖަލްސާއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button