ޚަބަރުސިޔާސީ

ޝިޔާމް އިމްރާނަށް: ތިޔަ ކަރުކެހެނީ 2023 އަށް ޕާޓީއަށް ވަގަށް މެންބަރުން ހަމަކުރަން

އިސްލާމްދީން ހިމާޔަތް ކުުރުމަަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެ އެޕާޓީގެ ލީޑަރު އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން މިފަހުން ކުރައްވަމުން ގެންދަވާ ޓްވީޓް ތަކާއި ގުޅިގެން އިމްރާން އަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ 4 އަހަރު އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ހަޖޫ ޖަހަމުންދާއިރު އަދާލަތު ޕާޓީ އޮތީ ސަރުކާރުގައި އެލިގަނެގެން ހިމޭނުން ކަމަށެވެ.

އިމްރާން ދައްކަވަމުންދާ ވާހަކަ ތަކާއި ގުޅުވައި ޝިޔާމް އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީ އަކީ ދެތިން މީހުންގެ މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެންވެސް ދަންނަ ކަމަށެވެ.

މިއާއިއެކު ޝިޔާމް ވަނީ އިމްރާން މަސައްކަތްކުރަމުން ދަނީ 2023 އަންނަންވާއިރަށް އަދާލަތު ޕާޓީއަށް ވަގަށް މެންބަރުން އިތުރުކޮށް އިމްރާން އަކީ ހުރިމީހެއްކަން އެންގުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.

”2023 ކައިރިވާތީ ޕާޓީއަށް މެންބަރުން ހަމަކޮށްގެން ތިމަންނާ އެބަހުރިކަން އަންގަން ތިޔަ ކެހެނީ ކަރު.“ ޝިޔާމް ވިދާޅުވިއެވެ.

އިމްރާން މިފަހުން ކުރައްވަމުން ގެންދަވާ ޓްވީޓް ތަކާއި ގުޅިގެން  ގިނަ ބައެއްގެ ފާޑު ކިޔުންތައް އިމްރާނަށާއި، އޭނާނިސްބަތްވާ އަދާލަތު ޕާޓީއަށް ވަނީއަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button