މި ފެންނަނީ އަނިޔާލިބި އިންސާފު ހޯދަންއުޅޭ ފަރާތްތަކުގެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު: އާދަމް ޝަރީފް
އަދުގެ ސަރުކާރުން ފެންނަމުންދަނީ އަނިޔާ ލިބި އިންސާފު ހޯދުމަށް އުޅޭ ފަރާތްތަކުގެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ
އާދަމް ޝަރީފް މިދައިން ވިދާޅުވެފައިވަނީ 2021 ވަނަ އަހަރު ރ. މަޑުއްވަރީގައި ހިނގާދިޔަ ރޭޕް ކޭސް އަކާއި ގުޅިގެން މިސަރުކާރުގެ ބައެއް ވެރިންގެ މައްޗަށްކުރެވޭ ތުހުމަތުތަކާއި ގުޅިގެން ބޮންތި ނޫހުން ގެނެސްދިން ރިޕޯޓާއި ގުޅޭ ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ.
އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގުތަކަށް މި ސަރުކާރުން ނުފޫޒު ފޯރުވަނީ އެއަމަލުތައް ހިންގާ ފަރާތްތަކާއި ސަރުކާރާއި އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގުތަކަށް މި ސަރުކާރުން ފޯރުވާ ނުފޫޒާއި ދެކޮޅަށް އެންމެން އެކުގައި އެއްބައިވަންތަ ކަމާއިއެކު ނުކުންނަންޖެހޭ ކަމަށް އޭނާވިދާޅުވިއެވެ.
This gov intervenes in criminal investigations of child abuse & rape cases if the perpetrators have links to govt. We must stand united against this: a violation of victims rights for justice.https://t.co/FUKFkEEo1W
— Adam Shareef Umar (@Adamshareefz) July 16, 2022
ހަތަރު މީހަކު ވެގެން ރ.މަޑުއްވަރީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު މިނިވަން ކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީމަނިކް(މޫކޭ) އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒު ފޯރުވިކަމަށް ބުނާ އޯޑިއޯތަކެއް “ބޮންތި” އަށް ވަނީ ލިބިފައެވެ.
އެހެން ނަމަވެސް މި ތުހުމަތުތަކަށް އެފަރާތްތަކުން ވަނީ އިންކާރުކުރައްވާފައެވެެ.