ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވުމުގެ ޒިންމާ ޝެއިޚުން ނަގަން ޖެހުމުން ޝެއިޚް މޫސާ ފިކުރީގެ ސުވާލެއް އިމްރާނަށް

1 މެއި 2015 (މޭޑޭ) ގެ މުޒާހަރާގެ ބައިވެރީންގެ އަމަލުތަކުގެ ޒިންމާ އެ މުޒާހަރާ ލީޑު ކުރެއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާންް ނަންގަންވަން ޖެހިވަޑައިނުގެންފައި މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ނިކުތް ޝެއިހުން އެހެންބަޔަކު ހިންގި ހަމަނުޖެހުމެއްގެ ޒިންމާނަގަން ޖެހުން އެއީ އަދުލް އިންސާފުތޯ ދީނީ އިލްމުވެރިޔާ އައްޝެއިހް ހަސަން މޫސާ ފިކުރީ ސުވާލު ކުރައްވައިފި އެވެ.

ޝެއިޚް މޫސާ ފިކުރީ ކުރެއްވި ޓްވީޓް ވަނީ މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ޑޭގެ މުންކަރާތް ހުއްޓުވަން ނުކުތް ޝެއިޚުން އެހެން ބަޔަކު ހިންގި ހަމަނުޖެހުމުގެ ޒިންމާ ނަގަންޖެހުން އެއީ އަދުލު އިންސާފުތޯ އިމްރާން އާއި ސުވާލު ކުރައްވާފައެވެ.

މިއާއިއެކު އޭނާ ވަނީ އަނިޔާވެރިކަމަކީ ވަކިބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯވެސް ސުވާލު ކުރައްވާފައެވެ.

އިސްލާމްދީން ހިމާޔަތް ކުުރުމަަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެ އެޕާޓީގެ ލީޑަރު އަދިމި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން މިފަހުން ކުރައްވަމުން ގެންދަވާ ޓްވީޓް ތަކާއި ގުޅިގެން  ގިނަ ބައެއްގެ ފާޑު ކިޔުންތައް އިމްރާނަށާއި، އޭނާނިސްބަތްވާ އަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ.

3 Comments

  1. Kanburu geyah vadhe ulengngnaa alhi buraanekamah harubahaggaa bune ulhey.
    Thiya vidhaalhuvaa yoga eh haraam vee kondhvasvareggaa baa. gaimu 2015, 2016 gai thikamugaa thiya adufah thankolheh maduhen heevey.

    1. 2015 ،2016 ގަ ޔޯގާ ދުވަސް ފާހަގަ ކުރީކީވެސް އެހާފާޅު ކަންބޮޑު ކޮށް ހިންދޫންގެ ކަލާނގެ ސިވްގެ ފޮޓޯޖެހި ޓީޝާޓް ލައިގެނެއް ވެސް ނޫން .އަދި އެއިރު ދީނީ ޢިލްމްވެރިން އެކަމާ އިދިކޮޅު ވާހަކަ ދެއްކިޔަސް ހުއްޓުވަން މާބޮޑު ބާރެއްވެސް ނާޅާ. މިސަރުކާރު ވެތިކަމަށް އައީ ގިނަ ދީނީ ޢިލްމްވެރިން ތަކެއްގެ އެހީތެރި ކަމާއެކު ކަމަށްވާތީ އެމީހުން ހީކުރީ އެމީހުންގެ ބަސް ސަރުކާރުން ގަބޫލުކުރާނެ ކަމަށް.

Leave a Reply to ކައިދާ Cancel reply

Your email address will not be published. Required fields are marked *

Back to top button