ޚަބަރު

މަންޑޭގެ ރައްދާއިއެކު މުއާޒްގެ ޓްވީޓް ގެއްލިއްޖެ

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުން ކުށްވެރި ކުރުން އެއީ ސިޔާސީ ކަމެއް ކަމަށް ދޭހަވާފަދައިން އެމްޓީޑީގެ ނައިބު ރައީސް އިބްރާހިމް މުއާޒް ކުރި ޓްވީޓަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މަމްދޫހު (މަންޑޭ) ރައްދު ދެއްވުމާއިއެކު އޭނާ ކުރި ޑިލީޓްކޮށްލައިފިއެވެ.

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުން ކުށްވެރިކޮށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މުއާޒް ވަނީ މިކަމަކީ ސިޔާސީ ޕާޓީއަކުން މެޑަލް ޖެހުމަށް ކުރާ ކަމެއްކަމަށާއި، މިފަދަ ހަރަކާތްތަކަކީ ބައިބައިކުރުމާއި، ފިތުނައެއްކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

މުއާޒް ކުރި ޓްވީޓް

މުއާޒްގެ ޓްވީޓަށް ރައްދު ދެއްވަމުން މަމްދޫހު ވަނީ ރާއްޖޭން ބޭރުގެ އެކި ގައުމު ތަކުގައިވެސް މިކަމާގުޅިގެން މުޒާހަރާތައް ކުރަމުން އެދަނީ ހަމަ ސިޔާސީ މެޑެލް ޖަހަންތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި މުއާޒަށް ވެގެން އުޅޭގޮތް އެނގި ނުލައްވަނީތޯ އާއި، ބޭކާރު އަނގަ ”ނުތަޅާ“ މަޑުން ހުރެލާނީ ކިތައް މަހުގެ އެޕާރޓްމަންޓް ކުލި ދިނީމަތޯ މުއާޒް އާއި ސުވާލު ކުރައްވާފައެވެ. މަންޑޭގެ ރައްދާއިއެކު މުއާޒް ވަނީ އޭނާކުރި ޓްވީޓް ފޮހެލާފައެވެ.

ނިމިދިޔަ ސަރުކާރުގެ ތަރުޖަމާނުކަންވެސް ކޮށްފައިވާ މުއާޒް ދާދި ފަހުން ކުރީގެ ނައިބު ރައީސް އަދީބްގެ ސިޔާސީ ޕާޓީގެ ނައިބު ރައީސް ކަމާއި ހަވާލުވިފަހުން ކުރީ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ގުޅޭ ގޮތުން އަސާސެއްނެތް އެތައްވާހަކަ ތަކެއް ދައްކަމުން އަންނަކަމަށް ގިނަ ބަޔަކު ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button