ޚަބަރުސިޔާސީ

އަދާލަތުން ހިމާޔަތް ކުރަނީ އިންޑިއާގެ މަސްލަހަތު: ނަރީޝް

އަދާލަތު ޕާޓީން ހިމާޔަތް ކުރަނީ އިންޑިއާގެ މަސްލަހަތު ކަމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީން އިންޑިއާ ހިމާޔަތް ކުރާ ކަމަށާއި ރާއްޖޭގައި ފާޙިޝް އަމަލްތަކަށް ފުޅާ ދާއިރާއެއްގައި ޖާގަ ދެވިގެން މިދަނީ އަދާލަތުގެ ރައީސް ހޯމް މިނިސްޓަރަކަށް ހުރެ ކަމަށެވެ.

ނަރީޝްގެ ޓްވީޓުގައި ހޯމް މިނިސްޓަރ އިމްރާން އަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަރީޝް ވިދާޅުވީ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތްދީ ފުރުވާލީ އިމްރާނު ހޯމް މިނިސްޓަރަކަށް ހުރެ ކަމަށާއި އެމްޑީއެން އާއި އުތެމާއިން ނެރުނު ރިޕޯރޓާއި އެނެރުނު މީހުންގެ މައްސަލަ ނުބަލާ ފިޔަވަޅު ނާޅާ އަދި ޝިރުކު ހުޓުވައި ހައްޤުބަސް ބުނަން ނިކުތް ޝެއިޙުންގެ ބަންދަށް ފުލުފުލުން މުއްދަތު ޖަހަމުން ދަނީވެސް އިމްރާން ހޯމް މިނިސްޓަރަކަށް ހުރެ ކަމަށެވެ.

ނަރީޝްގެ ޓްވީޓުގައި މިކަންކަން އިމްރާން އިސްވެ ހުންނަވާ ކުރެއްވުމުންވެސް ދިވެހި ރައްޔިތުން މިޔަށް ކިޔަންވީ ދީން ހިމާޔަތް ކުރުންތޯ ނުވަތަ ދީން ދިފާއު ކުރުންތޯ ކަމުގައި ސުވާލު އުފައްދަވާފައެވެ.

One Comment

  1. Hindi film balaa balaa kanneyge India dheke haadha loabivaa bayaku mi PPM ga eba ulhe eve. Dhuvaalaku fas faharu kuraa namaadhah vuren India India maa ginain kiya eve. Mihin ulhefa maruvaanee India hospital ehga noon kameh neyge eve.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button