ޚަބަރު

މި އަހަރު ޖުލައި މަހުގައި ލ. ގަމުގައި ފަށަން ބުނި ކެންސަރ ހޮސްޕިޓަލުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

މިއަހަރު ޖުލައިގައި ލ. ގަމުގައި އަޅާނެކަމަށް ބުނި ކެންސަރ ހޮސްޕިޓަލް އެޅުމުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދީފިއެވެ.

މިއަހަރު އެ ހޮސްޕިޓަލުގައި މަސައްކަތް ފެށޭނެކަމަށްބުނެ ސަރުކާރުންވަނީ އެ މަޝްރޫއަށް 53،231،901 ރުފިޔާގެ ބަޖެޓެއް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި 2023 ބަޖެޓުގައި އެ މަޝްރޫއަށް ވަނީ 92،856،637 ރުފިޔާ ކަނޑައަޅާފައެވެ.

ލ. ގަމުގައި މި ހޮސްޕިޓަލު އެޅުމާ ވިދިގެން އެ ސަރަހައްދުގައި މެޑިކަލް ޓުއަރިޒަމް ތައާރަފުކޮށްދޭނެކަމަށާއި، އެ ހޮސްޕިޓަލުގެ ސަބަބުން ކެންސަރު ބަލި ދެނެގަނެ އެކަމަށް ފަރުވާ ދެވޭނެ ރިހިބިލިޓޭޝަންގެ ހިދުމަތްތައްވެސް ފޯރުކޮށްދޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ކެންސަރު ބައްޔަށް ފަރުވާކުރަން ބޭނުންވާ ކަމާގުޅޭ ދިވެހި 250 މަސައްކަތްތެރިންވެސް ތަމްރީނުކުރާނެކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއަކީ އިންޑިއާއިން ރާއްޖޭގައި ހިންގަން ހަމަޖައްސާފައިވާ ޕްރޮޖެކްޓުތަކަށް ލިބުނު 800 މިލިއަން ޑޮލަރުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. މި ކްރެޑިޓަކީ 20 އަހަރުން އަނބުރާ ދައްކަން ޖެހޭގޮތަށް، 1.75 އިންޓަރެސްޓް ރޭޓަކާއިއެކު ނަގާފައިވާ ލޯނެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button