ޚަބަރުސިޔާސީ

އަޅުގަނޑަށް ނޭނގި އަޅުގަނޑުގެ ނަން ބޭނުން ކުރޭ: އަލީ ޒާހިރު

2021 ވަނަ އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހު ރ.މަޑުއްވަރީގައި ހިނގާދިޔަ ރޭޕުގެ ހާދިސާ އޮއްބާލަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މަސައްކަތް ކުރެއްވި ކަމަށް ލީކުވެފައިވާ އޯޑިއޯއެއްގައި ބުނާ ވާހަކަ އެބޭފުޅާ ދޮގު ކުރައްވައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ އޭނާއަށް ނޭނގި ވަރަށް ގިނަ މީހުން އޭނާގެ ނަން ބޭނުން ކުރަމުން އަންނަ ކަމުގައެވެ. އެކަމަކު ގާނޫނާ ހިލާފް އެއްވެސް ކަމަކަށް އެއްބާރުލުން ދީފައި ނުވާނެ ކަމުގައި އަލީ ޒާހިރު ވިދާޅުވިއެވެ.

”ސްޕެސިފިކް އިޝާރާތް ކުރައްވާފައި ތިވާ ވާހަކަ އެނގިފައެއް ނެތް.“ އަލީ ޒާހިރު ވިދާޅުވިއެވެ.

ހަތަރު މީހަކު ވެގެން ރ.މަޑުއްވަރީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް އޮޅުވާލައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ވަޅިން ބިރުދައްކައި އެއްޗެއް ބޯން ދިނުމަށްފަހު ރޭޕުކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު މިނިވަން ކުރުމުގައި އަލީ ޒާހިރުގެ އަތެއް ވާކަމަށް ބުނާ އޯޑިއޯ ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޝްވަރާ ކުރުމަށްފަހު މި މައްސަލައަށް ނުފޫޒު ފޯރުވިކަން އޯޑިއޯއިން ހާމަވެއެވެ. 

އެހެން ނަމަވެސް އަލީ ޒާހިރު އެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރެއެވެ. 

 

 

 

2 Comments

  1. މިހާތަނަށް އިވޭއަޑުތަކަށް ބަލާލާއިރު އަލީޒާހިރަކީ އާއްމޮތެށްގާ ތަހުގީގީމަރުހަލާއިގާވެސް ކޯޓުތަކުގަ ހިގަމުންދާ މައްސަލަ ތަކަށް ވެސް ނުފޫޒުފޯރުވަމުންދާ މީހެއްކަމަށް ގިނަރައިޔަތުން ތުހުމަތުކުރޭ ކޮއްމެވެސް ސަބަބެށް ވާތީތޯއްޗެށް

Leave a Reply to ޥ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button