ޚަބަރުސިޔާސީ

ހާލަތު ބަދަލުކުރުމަށް ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހޭ: ޚާލިދު

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތު ބަދަލުކުރުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެނައުމުން މުހިންމު ކަމުގައި ޕީޕީއެމްގެ ސެނެޓަރ ޚާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.

ޚާލިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީ ލަންކާއިން އިބުރަތް ލިބިގަނެގެން ގައުމު ހަމަ މަގަށް އަޅުވަން މަސައްކަތް ކުރުމާއި އެއްވަރަކަށް ގައުމުގެ ހާލަތުން އިބްރަތް ހާސިލްކޮށްގެން މުސްތަގުބަލާއިމެދު ވިސްނުންވެސް ބުއްދިވެރި ކަމުގައެވެ.

ހާލަތުން އަރައިގަތުމަށް އަންނަ ދައުރުގައި ހަރުދަނާ ވެރިއަކު އިންތިހާބު ކުރުން ލާޒިމް ކަން ފާހަގަކުރައްވައި ޚާލިދު ވިދާޅުވީ އަދުގެ ހާލަތު ބަދަލު ކުރުމަށް ދަތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމުގައެވެ.

”ޝައްކެއްވެސް ނެތް އުނދަގޫ ހާލަތަކަށް ވިޔަސް ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތެއް އެކަމުގައި އޮންނާނެ.“ ޚާލިދު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ޑޮލަރުގެ މައްސަލައާއި އިގްތިސާދީ އިޖުތިމާއީ ގިނަ މައްސަލަތުގައި މީގެ ކުރިންވެސް ނަތީޖާ ދެއްކެވި ވެރިއެއް ކަން ފާހަގަކުރައްވައި ޚާލިދު ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ޔާމީން އަދާ ކުރެއްވި ދައުރަށް އަލި އަޅުއްވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނުއިރު ޑޮލަރުގެ އަގު މައްޗަށް ދިއުމާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ހަމައަށް ނުދެވުމާއި، އިގްތިސާދު މެނޭޖު ނުކުރެވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވަނީ ބޭރު ބަޔަކަށް ވިއްކާލާފައެވެ. އަދި އޭރު އޮތް ހާލަތުން އަރައިގަތުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އިގްތިސާދީ ވަރުގަދަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ހާއްސަކޮށް ދައުލަތުގެ މަނިޓަރީ އަދި ފިސްކަލް ސިޔާސަތު އެމަނިކުފާނު ވަނީ ރިސްޓްރަކްޗަރ ކުރައްވާފައެވެ.

2 Comments

  1. އަލިހޮއްކޮ ތިޔަހުރީ ބީތާވެފަދޯ މިގައުމުގައި އެއްމެ އަނިޔާވެރި ވެރިކަމެއް މިހާތަނަށް ކުރީ ކެނެރީގޭ ނަސީދު އާ ހިންނަވަރު ސޯލިބޭ ބީތާވިޔަސް ތިޔައީ ބޮޑުވަރު ، މި ދެމީހުންގެ ވެރިކަމުގައި ދިވެހިގައުމު ފުރިގެން ދިޔަތަން އަލިހޮއްކޮ ޔަށް ނުފެނޭތަ ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button