ޚަބަރު

މުހައްމަދު އިސްމާއިލާއި ޔޯގާ ހަރަކާތުން ހައްޔަރު ކުރި އެންމެނަށް އިންސާފު ލިބެން ޖެހޭ: ނާޒިމް

ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑުގައި ސަރުކާރާއި އިންޑިއާ ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަރާތްތަކަށް އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް ކަމުގައި ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު ވިޔަސް އަދި އެހެން ދިވެހި ރައްޔިތެއް ވިޔަސް، ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށް، އިންސާފު ނުލިބި ލަސްވުމަކީ ވަރަށް ބޮޑު ނާއިންސާފެއް ކަމުގައެވެ. 

ނާޒިމް ވަނީ އޭނާގެ ކަންބޮޑުވުން ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

ނާޒިމަކީ ސަރުކާރު ކޯލިޝަންގައި ރަސްމީކޮށް ހިމެނިވަޑައިނުގަތަސް އިދިކޮޅު ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅެކެވެ. އޭނާ ފަދަ ބޭފުޅަކު އެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރުމަކީ އެ މައްސަލައިގައި ހައްޔަރު ކޮށްގެން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ގޮތް ރިވިއުކުރަންޖެހޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.

One Comment

  1. މިއީ ގުނޫތު ނުކީމާ މީހުން ބަންދުކޮށް އަދި މިހާރު ޔޯގާ އާއި ދެކޮޅަށް ނުކުތީމާވެސް ބަންދުކުރާ އިސްލާމީ ގައުމެއް

Leave a Reply to ދިވެހި ޒުވާނުން Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button