ޚަބަރުސިޔާސީ

އެއާޕޯޓްގެ އައު ފިއުލް ފާމަކީ ރައީސް ޔާމީންގެ ތަރައްގީކަން ޝުޖާއު ހަނދާންކޮށް ދެއްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ފިއުލް ފާމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ތަރައްގީކުރި ފާމެއް ކަން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހަނދާން ކޮށްދެއްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމްކުރި ޖެޓް ފިއުލް ފާމަށް ފިއުލްގެ އާ ސްޓޮކެއް ގެނައި ކަމަށް ޝާއިއުކޮށްފައިވާ ޚަބަރަކަށް ކުރެއްވި ކޮމެންޓެއްގައި ޝުޖާއު ވިދާޅުވީ ވެލާނާ އެއަރޕޯޓްގެ އައު ފިއުލްފާމަކީ ރައީސް ޔާމީން ގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ތަރައްގީކުރި ފާމެއްކަމަށާއި މިވާހަކަ ބުނަންޖެހުނީ މީގެ ކްރެޑިޓްވެސް މިސަރުކާރުން ނަގާފާނެތީ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ވެރިކަމުގައި ތިބީ މިޒާތުގެ ކަންކަން ކުރުމުގެ ބުއްދި ހުރިބައެއްނޫން ކަމަށާއި އެއީ ރޭގަނޑު ވިއްޔާ ހަމަހެއް ހުންނަ ބައެއް ނޫންކަމަށެވެ.

ޝުޖާއު މިފަދައިން ވިދާޅުުވެފައިވާއިރު، މިސަރުކާރަށް 3 އަހަރުވެގެން ދިޔައިރުވެސް ގިނަ އަދަދަކަށް ލޯނުތައް ނަގައި ތަރައްގީގެ މާބޮޑު މަޝްރޫއުތަކެއް ހިންގިފައެއްނުވެއެވެ. އެހެންނަމަވެސް ފާއިތުވި 3 އަހަރު ދުވަހު މިސަރުކާރުންވަނީ ނިމިދިޔަ ސަރުކާރުން ފަށާ އަދި ނިންމާފައިވާ ބައެއް މަޝްރޫއުތައް އެއީ މިސަރުކާރުގެ ތަރައްގީ ކަމަށްބުނެ އެކަންކަމުގެ ކްރެޑިޓް ނަގަން މަސައްކަތްކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެލާނާ އެއާޕޯޓް ތަރައްގީ ކުރަން ފެއްޓެވި އެއް ބިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45 މިލިއަން ލީޓަރުގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ. އެ ފާމްގައި ތެޔޮ ރައްކާ ކުރަން ތިން ޓޭންކް ހުންނާނެ އެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ.

2 Comments

  1. ސުޖާއުގެ ކާރިން އަހާލަން ބޭނުންވަނީ ހުޅުލޭ ފިއުލްފާމް ތަރައްގީ ކުރީ ރައީސްޔާމީންގެ އަމިއްލަ ފައސާއިންތޯ ދިވެހިރާއްޖެ ރައިޔަތުން ނަށް ސާފުކޮށް ދީބަލަ

Leave a Reply to Annu Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button