ފާހިޝް އަމަލު އާންމުވުމަކީ ދީނަށް ހިދުމަތް ކުރުންތޯ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު، ހޯމް މިނިސްޓަރު އައް ޝެއިޚް އިމްރާން އަބްދު އާއި ސުވާލު ކުރައްވައިފިއެވެ.
ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވަނީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި އިމްރާން ކުރެއްވި ތުހުމަތުތައް ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެ ދުވަހު އިމްރާން ވިދާޅުވިގޮތުގައި ޑރ.އަފްރާޝީމްގެ މަރުގެ ޒިންމާ ނަންގަވަން ޖެހެނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދެވެ. އެބޭފުޅުންނަށް އިމްރާން ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެކަމުގައި އެބޭފުޅުން ޝާމިލުވާކަމުގެ ހެކިތައް ކަމަށް ބުނެ ކަރުދާސްތަކެއް ދައްކާފައިވެއެވެ.
މިކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ލޯމަތިން ފެންނަން ހުރި ކަންތައް އޮޅުވައިނުލެވޭނެ ކަމުގައެވެ. އިމްރާނަކީ މިއަދުގެ ހޯމް މިނިސްޓަރެވެ. އެ މައްސަލައިގައި އޭނާ ކުރިން ދެއްކި ވާހަކައިގެ ރާގު ވަނީ ބަދަލުވެފައެވެ.
ލޯމަތިން ފެންނަން ހުރި ކަންތައް އޮޅުވާނުލެވޭނެ. ކޮބާ މޭޑޭގައި ކުރި ތުހުމަތުތައް؟ މުޅި ރާއްޖޭގައި ބަނގުރާ އާންމުވެފައި. ހަށިވިއްކުން ފެޝަނަކަށް. ރަސޫލާއަށާއި ދީނުގެ ޙުކުމްތަކަށް ގޮންޖެހުން، ޖިންސީ ފާޙިޝް އަމަލު ޢާންމު މިވީ ކަމާއި ގުޅޭ ވަޒީރަކަށް ހުރެ.މިއީ ދީނަށް ޚިދުމަތް ކުރުން؟ https://t.co/t4g8z4voav
— Mohamed Jameel Ahmed (@MJameelAhmed) July 14, 2022
ޖަމީލު ފާހަގަކުރެއްވިގޮތުގައި މިހާރަކަށް އައިސް ހަށިވިއްކުން ފެޝަނަކަށްވެ ރަސޫލާއަށާއި ދީނުގެ ހުކުމްތަކަށް ގޮންޖެހުން ވަނީ އާންމު ވެފައެވެ.
”ޖިންސީ ފާޙިޝް އަމަލު އާންމު މިވީ ކަމާއި ގުޅޭ ވަޒީރަކަށް ހުރެ. މިއީ ދީނަށް ހިދުމަތް ކުރުން؟“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލުގެ ރައްދު އިމްރާނަށް އަމާޒުވީ 2015 ވަނަ އަހަރުން ފެށިގެން އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީކަމަށް ވިދާޅުވެ އިމްރާނު ޓުވީޓު ކުރެއްވުމާއި ގުޅިގެންނެވެ.
އެމީހުން ހިދުމަތްކުރަނީ ހުވވަފެނުގައޭ އެކިމީހުންހިދިމަތްކުރާނީއެކިގޮތައް
ތި ހޯމްމިނިސްޓަރ މިހާރު ތުންފޮއްސަކަށްވެސް ކަމުނުދާކަމަށް ދިވެހިރައްޔިތުންގެ މެޖޯރިޓީ ޤަބޫލްކުރާ.