ޚަބަރުސިޔާސީ

ޔޯގާ ހަރަކާތް: ހައްޔަރީންގެ ދިފާއުގައި ޕީޕީއެމުން އަޑު އުފުލައިފި

ޔޯގާ ހަރަކާތާ ދެކޮޅަށް ޖޫން މަހުގެ 21 ވަނަ ދުވަހު ކުރި އިހުތިޖާޖުން ހައްޔަރުކޮށްފައިވާ މީހުންގެ ދިފާއުގައި ޕީޕީއެމުން އަޑު އުފުލައިފިއެވެ.

”މިނިވަންކުރޭ“ މިނަމުގައި ރޭ ޕީޕީއެމް އޮފީސް ކުރިމަތިން ފެށުނު މި ހަރަކާތުގައި އެ ޕާޓީއާއި ޕީއެންސީގެ އިސް ވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެ ދެޕާޓީގެ ކައުންސިލް މެންބަރުންނާއި ބައެއް އާންމުންވެސް ވަނީ ވާހަކަ ދައްކާފައެވެ.

ޖުމްލަ ގޮތެއްގައި އަޑު އުފުލާފައިވަނީ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއިލް އާއި ޝެއިޚް އާދަމް ނިޝާން އާއި، ޝެއިޚް މުހައްމަދު ބިން ފަޟްލޫންގެ އިތުރުން ހައްޔަރު ކުރެވުނު އާންމުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށެވެ.

ރޭ ކުރިޔަށްދިޔަ އިހުތިހާޖުގެ ތެރެއިން: ފޮޓޯ ބޮންތި

މި އެއްވުމުގައި ބައިވެރިންނަށް ދުރަށް ނުދެވޭގޮތަށް ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ވަނީ ދެފަރާތުން ބަންދުކޮށްފައެވެ. އަދި ބެރިކޭޑުގެ ބޭރަށް ދާން އުޅުނު ބައެއް މީހުންގެ ލޮލަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.

ޔޯގާ ޑޭ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިޔަށް ދަނިކޮށް އެދުވަހު އެ ސަރަހައްދަށް އެއްވި ބައެއް މީހުން ވަނީ ދަނޑުތެރެއަށް ވަދެގަނެ އެކަން ހުއްޓުވާފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button