ދެ ޝެއިޚުންނަށް މުއްދަތު އިތުރު ކުރުމާއި ގުޅިގެން ޝެއިޚް ސަމީރުގެ ނުރުހުން އިމްރާނަށް
ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި ޔޫތް މިނިސްޓްރީއިން ގުޅިގެން ކުރިއަށް ގެންދިޔަ ޔޯގާ ޑޭ ހަރަކާތާއި ގުޅިގެން ހައްޔަރުކޮށްފައިވާ ޝެއިޚް ނިޝާން އާއި ޝެއިޚް ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރުކުރަމުންދާ ދިއުމާއި ގުޅިގެން ޝެއިޚް ސަމީރުގެ ނުރުހުން ހޯމް މިނިސްޓަރު އިމްރާނަށް އަމާޒު ކުރައްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާނަށް، ޝެއިހް ސަމީރު ރައްދު ދެއްވާފައި މިވަނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތްކުރީ އަދާލަތު ޕާޓީން ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝެއިހް އަހްމަދު ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް، ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ދީނީ އިލްމުވެރިއަކު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ.
Yoga fathuran gadha baaru dhakkamun dhaa beyru gaumegge nufoozah 2 sheikhunge bandhuge muhddhathu, haggakaa nulai dhigukoh dhamehettumah courtu gai thakuraarukoh edhemun dhiyumakee Home minister akah dheenee ilmuveriyaku hunnavaigen kuravvan huthurukan boduvegen vaa kameh.
— Ahmed Sameer (@Ahmadhsameer) July 14, 2022
ޔޯގާ ހަރަކާތާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ޝެއިހް ނިޝާން އާއި ޝެއިހް ފަޒްލޫންގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިންމިހާރުވަނީ ކޯޓު މެދުވެރިކޮށް އިތުރު ކޮށްފައެވެ.
މި ކަމާއި ގުޅިގެން އެތައް އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ ދެ ޝެއިޚުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
Dhookollaa
ފަހެރި އި މްރާން މމަގާ މްގަ ބަގުޑިލާގެން
ހޯ މް މިނިސްޓަރު ގެ އިތުބާރެއް ނެތް
މިސަރުކާރުގެ ކޮންމެވެރިޔަކުވެސް ދީނީޢިލްމުވެރިންދެކިވަރަށްބިރުގަންނާާނެ. ޢިލްމުވެރިންހިފާހައްޔަރުކުރާނެ ފުރުސަތަކަށް ބަލަބަލާ ތިއްބާ ލިބުނު ހަނި ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދެ ޝެއިޚުންނަށް ނުޙައްޤުންއަނިޔާދެމުންއެދަނީ މިވެރިންނިމުން އިރާދަކުރެއްވިޔާ މާހިތިވާނެ. ޙައްއަށްނަބްރުދެއްވާނެ.