ޚަބަރުސިޔާސީ

ތ.ގުރައިދޫގައި އެއާޕޯޓް ހެދުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ތ.ގުރައިދޫގައި އެއާޕޯޓް ހެދުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ.އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުން އެ މަޝްރޫއުގެ ފައިސާ އުނިކުރިޔަސް އަދި ރައީސްގެ ”ރަސްމާލެ“  ބަޖެޓުން އުނިކުރި ކަމަށްވިޔަސް, ރަސްމާލެ ޕްރޮޖެކްޓް ކުރިއަށްދާގޮތަށް ގުރައިދޫ އެއާޕޯޓުގެ މަސައްކަތްވެސް ކުރައްވާނެ ކަމުގައެވެ.

މީގެ އިތުރުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ޣާއްސާން މައުމޫން ވިދާޅުވީ ރައީސް މުއިއްޒަކީ ވެވަޑައިގަންނަވާ ވައުދުތައް އަމާނާތްތެރިކަމާއެކު ފުއްދަވާނެ ބޭފުޅެއް ކަމުގައެވެ.

ގުރައިދޫ އެއާޕޯޓުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސްގެ އިތުރުން ސަރުކާރުންވަނީ ހާމަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button